ކާމިޔާބަށް މަސައްކަތްކުރާ ދެ ނިޒާމެއް ހަށިގަނޑުގައި ލައްވާފައިވޭ. ފުރަތަމަ ނިޒާމަކީ އެމިހައަށް އެއްވެސް އެނގުމެއް ނެތި އެމީހަގެ ހަށިގަނޑުގެ ތެރޭގައި މަސައްކަތް ކުރުމުގެ ކުޅަދާނަކަން ދެއްވާފައިވަ ނިޒާމު. މި ނިޒަމުގެ މަސައްކަތް ފަށައިގަންނަނީ އެމީހަކު ދުނިޔެއަށް އައުމުގެވެސް މާކުރިން. މި ނިޒާމުގައި މުޅީންވެސް އޮތީ ހިތްވަރާއި ކުޅަދަނަކަން ސާބިތުކޮށްދިނުން. ގޮންޖެހުން. ކާމިޔަބު ހޮދުން. މަންމަގެ ބަނޑުތެރޭގައި އަށަގަންނަނިވެސް ކުރަ ހަނގުރާމައަކުން ކާމިޔާބު ހޯދުމަށްފަހުގަ. މި ހަނގުރަމައިގައި ފަންސާސް މިލިޔަން ދަރިފަނީގެ ލަޝްކަރަކާއި ކުރިމަތިލައި ފަތަހަ ހޯދަންޖެހޭ. މި މަރުޙަލާ ކުރިމަތި ނުކުރައްވައި ދުނިޔެއަށް ނުފޮނުއްވަ. ފޮނުއްވުމަށްފަހުގައި ވެސް ދިރި ދެމި ހުރުން ބިނާ ކުރައްވާފައިވަނި ވެސް މި ނިޒާމް ހޯދާ ކާމިޔާބުގެ މައްޗަށް. މިއީ ކެރިފޯރުން ތެރިކަމާއި ކުޅަދާނަކަން ދެއްވާފައިވާ ވަރަށް ވަރުގަދަ ނިޒާމެއް. ދިރިހުރުމަށް ބޭނުންވާ ހުރިހާ ހަކަތައެއް ހޯދައިދީ. ބަލިތަކުން ސަލާމަތް ކޮސްދިނުމުގެ އާރާއި ބާރު ދެއްވާފައިވޭ. މި ނިޒާމު އަހަރަކު އެތައް ސަތޭކަ ބަޔަކާއި ހަނގުރާމަކޮށް ގަދަވެގަނޭ. ނަމަވެސް މި ނިޒާމް ހައްދަވާފައިވާ ގޮތުގެ ފުރިހަމަކަމުން. އެއްވެސް އިންސާނަކަށް މިކަމެއް ނޭނގޭ. އެމީހެއްގެ ހަށިގަނޑުގެ ތެރޭގައި ހިންދެމިލުމެއްނެތި. އެތައް ސަތޭކަ ބަޔަކާއި ހަނގުރާމަ ކުރަމުން ދާއިރުވެސް އެކަމެއް ކުޑަކޮށްވެސް އެމީހަކަށް ރޭކާވެސް ނުލަ. އަދި ހިލަމެއްވެސް ނުވޭ. އެހާވެސް ފުރިހަމަ. މި ނިޒާމު ހިންގާ ކަންތައްތަކާއިމެދު ކިތަންމެ ކުޑަކޮށް ބަލައިލި ނަމަވެސް ހައްދަވާފައިވާ ގޮތުގެ ފުރިހަމަ ކަމާއި އޭގެ މޮޅުކަން ހާމަވެގެންދޭ. އެހެންކަމުން އެންމެ ސައުވީސް ގަޑިއިރަށް ނިސްބަތްކޮށް ދެތިން ކަމެއް އަދަދުން ބަލައިލަމާ ހިންގަވާ.
ތޭވީސް ހާސް ފަހަރު ނޭވާލައި ހަތަރު ސަތޭކަ ހަތް ކޮޑި ފޫޓުގެ ވައި ނޭވާލުމުގެ ތެރޭގައި އެތެރެކޮށް ބޭރު ކުރެވޭ. އެއްލައްކަ ފަހަރު ހިތް ޕަންޕު ކުރޭ. ނުވަތަ ހަތްދިހަ އަހަރު ދުވަހުން ދޭއް ޕޮއިންޓް ފަހެއް ބިލިއަން ފަހަރު ޕަމްޕު ކުރޭ. ހަތަރުހާސް ތިންސަތޭކަ ގިލަން ލޭ ޕަމްޕުކޮށްދޭ. މި ޢަދަދު ޢުމުރަށް ނިސްބަތްކޮށް ބަލާނަމަ އެއީ ތޭރަ މިލިއަން ފީފާގެ ލޭ. ލޭ މުޅި ހަށިގަނޑުގައި އެއްކޮޅުން އަނެއް ކޮޅަށް އެއްހާސް ހަތަރު ސަތޭކަ ފަހަރު ބުރުޖަހާ. މި ޢަދަދު ހަށިގަނޑުގެ ތެރޭގައި ލޭ ދައުރު ކުރާ ދުރުމިނަށް ނިސްބަތް ކުރާނަމަ އެއީ ހަލައްކަ މޭލުގެ ރާސްތާއެއް.
އިންސާނެއްގެ ހިތަށް ސިފަވެސް ކޮށްނުލެވޭ ފަދަ އެތައް ކަމެއް ހަށިގަނދުގެ ތެރޭގައި މި ނިޒާމް އަދާ ކުރަމުން ގެންދޭ. އެކަމަކު މިއިން އެއްވެސް ކަމެއް ހިނގާކަމެއް ކުޑަކޮށްވެސް އިންސާނާއަކަށް ނޭގޭ. އެއާއި ޚިލާފަށް ކާމިޔާބު ހޯދައިދޭ ދެވަނަ ނިޒާމުގައި ހުރިހާ ކަމެއް ތަދުބީރު ކުރައްވާފައިވަނީ އެމީހަކު ކުރާ ކޮންމެ ކަމެއް އެމީހެއްގެ އިޚުތިޔާރުގައި ކުރެވޭ ގޮތަށް. އެމީހަކަސް އެނގިގެން ނޫންގޮތަކަސް އެމީހަކަސް އެއްވެސް އަމަލެއް ނުހިންގޭ ގޮތަށް. ކުރަންޖެހޭ ކަންތައްތައް ކުރުމާއި ކުރާން ނުޖެހޭ ކަންތައްތަކުން އެއްކިބާވެ ގަތުމާއި ނުވުމުގެ ބާރު އެމީހެއް އިޚުތިޔާރަށް ދޫކުރައްވާފަ. ހީވާގިވުމާއި ފިނޑިވެ ގަތުމުގެ އިޚުތިޔާރުވެސް ދެއްވާފަ. ހުރިހައި ގޮތަކުން ބެލި ނަމަވެސް މި ނިޒާމު ކުރީގެ ނިޒާމަށް ވުރެން މަތިވެރި. މިއީ ނިޒާމް ތަކުގެ ވެރި ނިޒާމް. ނޭނގި ހިނގާ ނިޒާމުގެވެސް އަމުރުވެރިޔާ. ޖިސްމާއި ނަފްސަށް މަގުދެއްކުމުގެ އިމާމު. އެމީހާ ކުރާ ކޮންމެ ޢަމަލެއްގެ ޒިންމާ ނަގަންޖެހޭ ނިޒާމަކީވެސް މިއީ. މި ނިޒާމުގައިވެސް އޮތީ މުރާލިކަމާއި ހިތްވަރާއި ކުޅަދާނަކަން ސާބިތުކޮށް ދިނުން. ކުރިމަތިލުމާއި، ފިނޑިވެ ނުގަތުން. ތިމާގެ ހަށިގަނޑުގެ އަގު ވައްޓާނުލައި، އޭގެ އަގުބޮޑުކަން ހާމަކޮށްދިނުން. ހައްދަވާފައިވާ ގޮތުގެ ފުރިހަމަކަން ހާމަކޮށްދިނުން. މި ވާޖިބު އަދާ ނުކޮށްފިނަމަ، ލައްވަވާފައިވާ މޮޅުކަމާއި، ކުޅަދާނަ ކަމުގެވެސް އަގެއް ނެތް. ކިތަންމެ ފުރިހަމަ ގޮތެއްގައި ހައްދަވާ ފޮނުއްވި ނަމަވެސް ދެރަ ނިކަމެތި ސޫތްޕަކާއި އެއްވެސް ތަފާތެއް ނެތް. އެހެނީ އިނާމަކީ ހަށިގަނޑުގައި ހުރި ގާބިލުކަމަށް ލިބޭ އެއްޗެއްނޫން. އެއީ އެމީހަކު އަމިއްލައަށް ހާމަކޮށް ދައްކައިދޭ ކުޑަ ބޮޑު މިނެއްގެ މައްޗަށް ބިނާކޮށް ލިބޭއެއްޗެއް.
އާދެ، ތިމާގެ ހަށިގަނޑު ހައްދަވާފައިވާ ގޮތް ކިތަންމެ ފުރިހަމަ ނަމަވެސް އޭގެ މޮޅުކަމާއި ކުލަދާނަ ކަމުގެ ފައިދާ ލިބޭނީ ކަނޑައެޅިގެ ފާޅުގައި ކާމިޔާބު ހޯދަން މަސައްކަތްކުރާ މީހުންނަށް. ދެއްވި ކުޅަދާނަކަން ސާބިތު ކޮށްދޭ މީހުންނަށް.
އެއްކަޅިން ތާރީޚު
އެއްކަޅިން ތާރީޚު
މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެއާއިމެދު މީލާދީ ސަނަތުން އެގާރަ ސަތޭކަ ފަންސާސް ތިންވަނަ އަހަރު ރާއްޖޭގެ ސިންގާ ސަނާގައި އިންނެވި ސިރީ ތިރި ބުވަނަ އާދީއްތިޔަ މަހާރަދުން މަޣުރިބު ކަރައިގެ ބޭކަލެއް ކަމުގައިވާ މައުލާނާ އަބުލް ބަރާތުލް ޔުސުފުލް ބަރުބަރީގެ އަތްޕުޅު މައްޗަށް އިސްލާމްވެ ވަޑައިގަތުން ވެގެން ދިޔައީ، ރާއްޖެ އިސްލާމް ވުމުގެ ފެށުން ކަމުގައި. ހިޖްރައިން ފައްސަތޭކަ ސާޅީސް އަށްވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ ދެވަނަ ދުވަހު މި ރަދުން އިސްލާމްވެ ވަޑައިގަތުމަށްފަހު ރަދުންގެ ނަންފުޅަކީ މުޙަންމަދު އިބްނި ޢަބުދުﷲ. މިއީ ދަރުމަވަންތަ ރަސްގެފާނު.
މިހާރު މާލޭގައި ފެންނާންހުރި ހުކުރު މިސްކިތުގެ ބިންގާ އެޅުނީ ހިޖުރައިން އެއްހާސް ފަސްދޮޅަސް ހަވަނަ އަހަރުގެ ޝަޢުބާން މަހުގެ ބާވީސް ވީ ހުކުރު ދުވަހު. ބިންގާ އަޅުއްވައިދެއްވީ އައްސުލްތާން އިބްރާހީމް އިސްކަންދަރު (އެކެއް) ސިރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުންގެ އަތްޕުޅުން. މި މިސްކިތަކީ ހިޖްރައިން ފައްސަތޭކަ ސާޅިސް އަށްވަނަ އަހަރު އައްސުލްތާން އަޙުމަދު ޝިހާބުއްދީން އައު ކުރެއްވި މިސްކިތް ހުރި ތާނގައި އަލުން ބިންގާ އަޅުއްވައިގެން ހެއްދެވި މިސްކިތެއް. މިސްކިތް ބިނާކޮށް ނިމުނީ ހިޖްރައިން އެއްހާސް ފަސްދޮޅަސް އަސްވަނަ އަހަރު ސަފަރު މަހުގެ ސޯޅަ ވަނަ ދުވަހު. މާލޭގެ ހުކުރު މިސްކިތް ސޯޅަ ސަތޭކަ ފަންސާސް އަށްވަނަ އަހަރު އައްސުލްތާން އިބްރާހީމް އިސްކަންދަރު އައު ކުރެއްވުމަށްފަހު، އެރަދުންގެ ރަސްކަމުގެ ވިހި ވަނަ އަހަރުގެ ތެރޭގައި މީލާދީން ސޯޅަ ސަތޭކަ ފަސްދޮޅަސް ހަތްވަނަ އަހަރު ހުކުރު މިސްކިތުގެ ދޮރޯށި ހައްދަވައި އެތަނަށް ފިގުހުވެރީން ލައްވައި ހެއްދެވުމާއި ގުޅިގެން އެތަނުގައި ކީރިތި ގުރުއާނާއި ފަރުޟު ޢިލްމު އުނގަންނައި ދެވޭން ފެށުނު. މިއީ ރާއްޖޭގެ ރަސްމީ ފުރަތަމަ މަދަރުސާވެސްމެ.
No comments:
Post a Comment