އެއްޒަމާނެއްގައި ސީނު ކަރައިގައި ދަރު ކޮށައި ވިއްކައިގެން އުޅުނު ވަރަށް ދަހި މީހަކު އުޅުނު. ކޮންމެ ދުވަހަކުވެސް މީނަގެ މަސައްކަތަކީ އިރި އރުމާއެކު ވަލަށްވަދެ ދަރު ކޮށުން. ހަވީރު ވުމުން ދަރު ވިއްކުން. ލިބޭ ހުރިހަ ފައިސައެއް އެއްކުރަމުން ގެންދޭ. މިގޮތުން މީނާ ވަރަށް ގިނަ ފައިސާ އެއްކޮށްފި. ނަމަވެސް އެއިން އެންމެ ލާރިއެއްވެސް ޚަރަދު ކުރަކަށް އޭނަ ބޭނުމެއް ނުވޭ. ކިތަންމެ ފައިސާއެއް އެއްކޮށްފައި ހުރިނަމަވެސް އޭގެ ބޭނުމެއް ނުހިފަ. ފައިސާ ޚަރަދުކުރާން ޖެހިދަނޭތީ ދަހިކަމުން ގިނައިރު ހުންނަނީ ނުކައި. އަދި ގިނަ ދުވަސް ދުވަހު އަނބިދަރީން ވެސް ބައިތިއްބަނީ ކާން ނުދީ.
އެއްދުވަހަކު މީނަގެ އާދައިގެ މަތީން މީނަގެ ދަރިފުޅުވެސް ގޮވައިގެން ވަލަށް ހިނގައްޖެ. ދަރު ކޮށަމުން ފުނި ޖަހަމުންދޭ. މިގޮތަށް ދަނިކޮށް ކުއްލިއަކަށް އައި މިނިކާވަގެއް އައިގޮތަށް އައިސް މިކަލޭގެ ޖަހައިގަނެ، ދަމަމުން ދުއްވައިގަނެފި. މިތަން ބަލާކަށް ނުހުރެ ދަރިފުޅު ދަރުކޮށާން ގެންގުޅުނު ކަތިވަޅި ހިފައިގެން ބައްޕަ ސަލާމަތް ކުރެވޭތޯ ފަހަތުން ދުވަން ފަށައިފި. ފަހަރަކަށް ވުރެން ފަހަރެއް ދުވުން ބަރު ކުރަމުންދޭ. އެންމެފަހުން މިނިކާވަގާއި އަރާ ހަމަކޮށްފި. ހަމަކުރުމާއެކު މިނިކަވަގު ބައްޕަ ދޫކޮށްލައިފި. ބައްޕައަސް ކޮޅަށް ތެދުވެވިއްޖެ. ނަސީބަކުން މާބޮޑު ހާނީއްކައެއް ވެފައެއް ނެތް. އެއީ މިނިކާވަގު އޭނާ ގަހައިގަނެގެން ގެންދިޔަ އިރު ހިފައިގެން ހުރީ އަނދެގެން ހުރި މުންޑުގައި ކަމަށްވާތީ. އޭނާ ކޮޅަސް ތެދުވެ ދަރިފުޅަދިމާލަސް ބެލިއިރު، މިނިކާވަގުގެ ގައިގައި ގެހުމަށް މިކުއްޖާ ކަތިވަޅި މަޅައިގަންނަނީ، މިތަންފެނިފައި މީނާ އަޑުގައި ނެތްތަނަށް ގޮވައިގަތް. ނަމަނަމަ މިނިކާވަގުގެ ހަމަށް ގެއްލުމެއް ނުދޭތި. އެއްވެސް ލޯވަޅެއް ނޭޅޭނޭހެން މިނިކާވަގުގެ ހަންގަނޑު އަތުލައިގަނެވިއްޖެނަމަ، ހާދަ ބޮޑު އަގެއްގައި ވިއްކާލެވޭނޭ. ހާދަ ގިނަ ފައިސާ ލިބޭނޭ. ހަމަށް ގެއްލުމެއް ނުދޭތި. ހަންގަނޑު ސަލާމތް ކުރޭ. މިކުއްޖާ މިއަޑު އަހާފައި ކަތިވަޅި ދޫކޮށްލި ވަގުތު މިނިކާވަގު އަނެއްކާވެސް ފުންމައިގެން އައިގޮތަށް އައިސް ސީދާ ބައްޕަގެ ކަރުގައި ހިފައިފި. ދަމަމުން ދުވެފައިގޮސް ގަސްތަކުގެ ތެރެއަށް ވަދެ ބައްޕަ ކާލައިފި.
ދަރިފުޅާއެވެ. މިނިކާވަގުގެ ދުވަސް ދުއްވާލެވެން އޮތް ހެއްޔެވެ؟ މި މީހާއަށް މިނިކާވަގުގެ ކިބައިން ސަލާމަތް ވާނޭ ފުރުސަތު ލިބުނު ހެއްޔެވެ؟ ސަލާމަތް ނުވެވުނީ ކީއްވެގެން ހެއްޔެވެ؟ މަރުވާން ދިމާވީ އަމިއްލަ ފުރާނައަށް ވުރެންވެސް ބޮޑަށް ފައިސާގެ ދަހިވެތިކަން ކުރިއަށް ނެރުމުގެ ސަބަބުންނެވެ. އޭނަގެ ފުރާނަ ސަލާމަތް ނުވެގެން އުޅުނު އިރުވެސް، އޭނާ ވިސްނީ މިނިކާވަގުގެ ހަންގަނޑު ވިއްކައިގެން ފައިސާ ހޯދާށެވެ. ދަރިފުޅާއެވެ. ދަހިވެތިކަން ހިތަށް ވަދެއްޖެ މީހަކު އަމިއްލަ ސަލާމަތަކަށްވެސް ބަލައެއް ނުލަނެ. އަމިއްލަ ފުރާނަ ދާއިރުވެސް ނޭނގޭނެ. ދަހިވެތިކަން އުފެދިއްޖެ މީހެއްގެ ހިތެއް ދުވަހަކުވެސް ނުފުރޭނެ. ކިތަންމެ ގިނައިން ލިބުނަސް އިތުރަށް ބޭނުންވާނެ. ބޭނުން ނުވާނެ އކައްޗެއްވެސް ނޯންނާނެއެވެ. އަމިއްލަ އެދުން ނޫން އެހެން އެއްވެސް އެއްޗެއް އެފަދަ މީހެއްގެ ލޮލަށް ނުފެންނާނެ. އެހެން އެއްވެސް އެއްޗަކާމެދު ޚިޔާލެއް ފިކުރެއް ވެސް ނުހިނގާނެ. ވަކި ވަގުތަކަށް ވަކި މީހަކަށް ވެސް ބަލައެއް ނުލާނެ. އަބުރާ ޢިއްޒަތަކަށްވެސް ބަލައެއް ނުލާނެ. ރައްކަލަކަސް ނުރައްކަލަކަށް ވެސް ބަލައެއް ނުލާނެ. ހަމައެއް ލަމައެއް، ގޮތެއް ފޮތެއްނެތި މޭ ހަށި ނަގައި ކުރިމަތިލާނެ. ނަތީޖާއަކީ ހޯދަންއުޅޭ އެއްވެސް އެއްޗެއް ނުލިބި، ނުރައްކާތެރިކަން ކުރިމަތިވެ، އަމިއްލައަކަށް ހަލާކުވެ ދިއުން.
އެއްކަޅިން ތާރީޚު
މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެއާއިމެދު. ރާއްޖެ އިސްލާމްވުމުގެ ސާޅީސް އެއް އަހަރު ފަހުން މީލާދީ ސަނަތުން އެގާރަ ސަތޭކަ ނުވަދިހަ ހަތަރުވަނަ އަހަރު އިސްދޫ ލޯމާފަނޭ ކިޔުނު ލިޔުމެއް ލޮއިގައި ލިޔެވުނު. އޭރު ރާއްޖޭގެ ސިންގާ ސަނާގައި އިންނެވީ ސިރީ ގަޑަނާއްދީއްތިޔަ ނުވަތަ ސިރީ ފަންނާއްދީއްތިޔަ ރަދުން. ލޯމާފާނުގައިވާ ލިޔުންތަކުގައި އެދުވަސްވަރުގެ ކުރިންވެސް ތަޚުތުގައި ރެދަލި ކުރެއްވި ރަސްރަސްކަލުންނާއި، ރަނިރަނި ކަނބަލުންގެ ނަންފުޅުވޭ. ނަމަވެސް ފެންނާންހުރި ލޯމާފާނު ތަކުގައި ތީމުގޭ ސޯމަވަން ދަރިކޮޅުގެ ސިރީ މަހާބަރަނަ ރަދުންގެ ނަންފުޅުގެ ކުރީގެ ރަސްކަލެއްގެ ނުވަތަ ރަނިކަނބަލެއްގެ ނަންފުޅެއް ނެތް. ރަސަ ރަދުން ކިޔުނު ރަސްކަލެއްގެ ނަންފުޅު އިސްދޫ ލޯމާފާނުގެ ލިޔުމުގެ ތެރޭގައި އެއްފަހަރު ލިޔެވިފައިވޭ. ނަމަވެސް އިސްލާމްދީން އައުމުގެ ކުރީގެ މި ރަދުންގެ އެއްވެސް އިތުރު މަޢުލޫމާތެއް ނެތް.
އައްސުލްތާން ޖަލާލުއްދީން ޢުމަރުވީރު ސިރީ ލޯކަ އަބާރަނަ މަހަރާދުންގެ ދަރިކަނބަލުން އައްސުލްތާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ ސިރީ ރާދަ އަބާރަނަ މަހާ ރެހެންދި، މަޗްހޫރު ނަންފުޅުން ދަންނަވަނަމަ، ރެހެންދި ޚަދީޖަ ތިންފަހަރެއްގެ މަތީން ދިވެހި ތަޚުތުގައި ރެދަލި ކުރައްވަފައިވާކަމަށް ތާރީޚުގައި ލިޔުއްވާފައިވޭ. މިކަމަނާ ތަޚުތަށް އެންމެ ފުރަތަމަ އިސްވެ ވަޑައިގަތީ މީލާދީން ތޭރަސަތޭކަ ސާޅީސް އެއްވަނަ އަހަރު. ތާރީޚުން އެނގޭ ގޮތުގައި ދިވެހި ތަޚުތުގައި ރެދަލި ކުރެއްވި އެންމެ ފުރަތަމަ ސާހިބާއަކީ ރެހެންދި ޚަދީޖާ.
ރާއްޖެއާއި ތޮޅެން ޕޯޗުގީޒުން އައި ތިންވަނަ ފަހަރު އައީ މީލާދީން ފަނަރަ ސަތޭކަ ފަންސާސް އަށްވަނަ އަހަރު. ވަރަށް ބޮޑަށް ތައްޔަރު ވެގެން ހަތިޔާރުލައި ފުރާފައި އޮތް ބޮޑު ތިން ގުރަބުގައި. މިމީހުންގެ ވެރިއަކަށް ހުރީ ކެޕްޓަން މެނުއަލް ޑަ ސިލްވޭރާ ޑި އަރައުރޯ. މިމީހުން މާލެ ފޭބީމާ، ދެބައި ލަޗްކަރީންނާއިގެން ހަނގުރާމައަށް ނުކުމެ ވަޑައިގަތީ އޭރު ތަޚުތުގައި އިންނެވި ޢަލީ ރަސްގެފަނު. ވަރަށް ހިތްވަރާއެކު ނުކުމެވަޑައިގެން ހަނގުރާމަ ކުރެއްވުމަށްފަހު، ޢަލީ ރަސްގެފާނު ޝަހީދުވެ ވަޑައިގަތީ ހިޖުރައިން ނުވަސަތޭކަ ފަސްދޮޅަށް ފަސްވަނަ އަހަރުގެ ޝަޢުބާން މަހުގެ އެއްވަނަ ދުވަހު.
No comments:
Post a Comment