ބުއްދިވެރިއަކު ބުނެފައިވޭ. ދުނިޔެގައި އުޅެނި ދެބަވަތެއްގެ މިހުންނޭ. އެއްބާވަތަކީ ކޮޓަރިއަކަށް ވަދެފައި އަހުރެން މި އައީއޭ ބުނާ މީހުންނެވެ. ދެވަނަ ބާވަތަކީ ކޮޓަރިއަކަށް ވަދެފައި ތިބަ އަތުވެއްޖައީމު ދޯއޭ އަހާލާ މީހުންނެވެ. ވަކިވަކިން ބަލާލާއިރު މި ދެ ސުވަލުގައި މާބޮޑު ތަފާތެއް ނެތް ކަމުގައި ވިޔަސް، ފުންކޮށް ވިސްނާލާއިރު ވަރަށް ބޮދު ތަފާތެއް އެބަހުރި. ތެދުތެދަށް ދަންނަވަނަމަ، ކަންކަމާމެދު މީހާ ދެކޭ ގޮތް މި ދެ ސުވާލުން ވަރަށް ރަނގަޅަށް ފާހަގަ ކުރެވޭނެ. ފުރަތަމަ މީހަ މި ބުނަނި އަހުރެން މި އައީއޭ. މާނައަކީ ނިކަން ބަލައިބަލާށޭ އަހުރެންގެ މައްޗަށް ސަމާލުކަން ދޭށޭ. އަނެއްމީހާ ބުނަނި ތިބަ އަތުވެއްޖައީމު ދޯއޭ. މާނައަކީ ޙާލު ކިހިނެއް ހެއްޔޭ. ތިބާގެ ވާހަކައިން ނިކަން ޚަބަރު ކޮށްބަލާށޭ.
މިވާހަކަ އެހެން ގޮތަކަށް ދަންނަވައިލާނަން. އެކަކު ބުނަނި އަހުރެން މީ މާ ޚާއްސަ މީހެކޭ. އަނެއްމީހާ ބުނަނި ތިބާއަކީ މާ ޚާއްސަ މީހެކޭ. އެކަކު ދެކެނީ ދުނިޔެ އެނބުރެނީ އޭނާގެ ވަށައިގެންކަމޭ. އަނެއްމީހާ ދެކެނީ ތިމަންމީ އެހެންމީހުންނަށް ޚިދުމަތްކުރަން ހުރި މީހެއްކަން.
ކޮންމެ އިންސަނަކީ ހިއްސުތަކެއް ދެއްވާފައިވާ މަޚުލޫގެއް. އެހެންވިމާ، އަސަރު ކުރުމުގެ ބާރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުރޭ. އެކި މީހުންނަށް އެކި ކަހަލަ އަސަރު ކުރާނި އެކި ވަރަށް. ވަރަސް ރީތި ސިފަ ތަކާއި މާތް އަޚުލާގެއްގެ ސަބަބުން މީހުންގެ ހިތް އަތުލައި ގަތުމަކީ އުނދަގޫ ކަމެއް ނޫން. އެއީ މިދެންނެވިހެން އިންސާނުންނަކީ އަސަރުކުރަ ބަޔަކަށް ވާތީ. ގިނަ މީހުންނަކީ މީހުންގެ ތެރޭގައި ގަދަރުވެރި މީހުން އިޙުތިރަމު ކުރުމުގެ އެދުން ހިތުގައި އޮންނަ ބައެއް. މީހުން އިޙުތިރާމް ކުރަނި ކޮންކަހަލަ ބަޔަކަށްތޯ؟ މިއީ ވިސްނައިލާންޖެހޭ ކަމެއް.
ވަކިކަހަލަ ބާރެއް ލިބިފައިވާ ބަޔަކަށް މީހުން އިޙުތިރަމްކުރުމަކީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް ގިނަ ފަހަރަށް ވެފައި އޮންނަ ގޮތަކީ އެ ބަރެއް އެމީހެއްގެ ކިބައިން އުނިވެގެން ދިއުމާއެކު، އެއްކަލަ އިޙުތިރާމުވެސް ގެއްލިގެންދަނީ. މިއީ ކިހިނެއްވެގެން މެދުވެރިވާ ގޮތެއްތޯ؟ އެއީ އިންސަނެއްގެ ހިތުގެ އެންމެ ފުންމިނަށް ވާސިލު ނުވެވޭތީ ވާގޮތެއް. މީހެއްގެ ހިތަށް އަސަރު ކުރާނި އަމިއްލަ އެދުމެއް ނެތި ކުރާ ކަމަކުން. މީހަކަށް އެހިތެރިކަމުގެ އަތެއް ދިއްކޮށްލާހިނދު އަމިއްލަ އެދުމަކާއި އެކު ދިއްކޮށްލާނަމަ، އެ އެހީއެއްގެ ސަބަބުން ލިބެނޭ ގަދަރެއް ނޯންނާނެ. ކޮންމެ ހެޔޮކަމެއް ގަބޫލު ކުރުން ނިޔަތުގެ މައްޗަށް ބިނަވެފައި އޮންނަ އޮތުމަކީވެސް މިއީ.
އިޚުލާސްތެރިކަމަކީ ކޮންމެ ހެޔޮކަމެއްގެ އަސްލު. ރަނގަޅު ހެޔޮލަފާ މީހަކަށް ވާން ބޭނުންނަމަ، ކޮންމެ މީހަކުވެސް މަސައްކަތް ކުރާންޖެހޭނީ ކުރިން ދެންނެވުނު ދެވަނަ ބާވަތުގެ މީހަކަށް ވެވޭތޯ. އާދެ، ތިމާއަކީ މާ ޚާއްސަ މީހަކަށް ނުބަލައި އެހެން މީހުންނަކީ ވަރަށް ޚާއްސަ ބައެއް ކަމުގައި ބަލާ މީހުންނަކީ އެންމެންގެ ގަދަރު ލިބޭނޭ މީހެއް.
އެއްކަޅިން ތާރީޚު
މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖޭގެ އާއި ބެހޭ ގޮތުން. އެގޮތުން މިރޭ އަޅުގަނދުމެން ބަލައިލަނި ދިވެހި ރާއްޖޭގެ އެވޭލަ ކުލިވަރު ތަކުގެ ތެރެއިން މާލި ނެށުމާއި ބެހޭ ގޮތުން.
ދިވެހި ބަހުގައި މާލި އެއީ މީހާ ހުރިގޮތް ނޭނގޭ ގޮތަށް ހެދުމަކުން ނުވަތަ އެއްޗަކުން ސިފަ ބަދަލު ކުރުން. މިގޮތަށް މީހުންގެ ސިފަ ބަދަލު ކޮސްގެން އެކިއެކި މުނާސަބަތުގައި ދޭދޭ މީހުން އަދި ޖަމާޢަތް އެއްވެ ރަށުތެރޭ ހިނގާ ބިގާވެ، އަދި ގޮތްގޮތަށް ހަރަކާތްތެރިވެ، ނަށާ އުޅުނު. މިކަމަކީ ސައުތު އެފްރިކާ ކަރައިން ކަނޑުތައް ހުރަސްކޮށް، މި ދީބަށް އައި ކަމެއް ކަމުގައި ލަފާކުރެވޭ. ކަންއޮތީ މިހެން ކަމުގައިވާނަމަ، މާލި ހެދިގެން ނެށުން އަދި އެކަމުގެ ވައްތަރު ތަކާއި ގޮތްގޮތް ފުރަތަމަ އައިސްފައި އޮންނާނީ އެ ތަނަކުން. މާލި ނެށުމުގެ ދެ ވައްތަރެއް އޮވޭ. އެއީ މާލި ނެށުމާއި ކަދާ މާލި ނެށުން. މާލި ނެށުމަކީ އެފްރިކާގެ ސޯމާލީންގެ ނެށުމަކާއި ދާދި އެއް ސިފަޔަށް ދިވެހިންގެ ތެރޭގައި އޮންނަ ކަމެއް. ދިވެހި މާލި ނެށުމުގެ ކޮންމެ ނެށުމަކީ ފިރިހެނުންގެ ފަންތި ކުޅިވަރެއް. މިކަން ފެށިގެން އައި ޒަމާން އިސްކަންދަރު މަހާރަދުންނާއި ހަމައަށް ގެންދެވޭ ކަމަށް ވެސް ބެލޭ. އަދި މި ނެށުން އެ ޒަމާނުން ފެށިގެން މަލިކު މީހުންނާއި ގުޅިގެން ހިނގާފައިވާ ކަމަށް ވެސް ބުނެވޭ. މާލި ނޭށުން މި ނަމުގައި މާލެ އާއި ރާއްޖެތެރޭގައި އެކިއެކި ޢީދާއި އަދި ރަށުގެ ޚާއްސަ ޢީދު ކަމަށްވާ ބޮޑު މާލޫދުގެ ތެރޭގައި އުފާ ފާޅުކުރުމުގެ ގޮތުން އެކި ރަށްރަށުގައި ތަފާތު ގޮތްގޮތަށް ބޭނުން ކޮށްފައި އެބަހުރި.
މި ނެސުމަށް ބަލާލާއިރު ނެށުން އޮންނާނީ މިޔުޒިކާއި ގުޅާފަ. މާނަޔަކީ ލަވަޔަކާއި ގުޅާފަ. ކުރީ ޒަމާނުގައި މި ކުލިވަރުގައި ބެނުންކުރާ ލަވަ މުޅީންހެން ހުރީ އެފްރިކާގެ ނެށުން ތަކުގެ ހަމަޔަށް ފައްތާފަ. އެމީހުންގެ ބަހުރުވަޔާއި މިޔުޒިކަށް ފައްތާފަ. އެކަމަކު މިހާރު އަޅުގަނޑުމެން އަމިއްލަ ގޮތްގޮތަށް މިކަން ހަމަޖައްސާފައިވޭ. މި ތަފާތު އެކި ރަށްރަށުގައި އެކި ގޮތަށް ހުރޭ.
އަދައިގައި މާލި ނެށުމަކީ ގެއިން ބޭރު ހުސް މައިދާނެއްގައި ކުޅޭ ފަންތި ކުރިވަރެއް. އަދަވެގެން ފަންސަވީހުން ފެށިގެން ސާޅީސްވަރަކަސް މިހުންނާއި ހަމައަށް މިކަމުގައި ބައިވެރިވޭ. މިކަމުގައި މުޅީންވެސް އޮންނަނި މިހުންގެ ސޫރަ ނޭނގޭ ހެދުމެއްގައި އެތައް ބަޔަކު އެކުގައި ނެށުމާއެކު، ބެރާއި ލަވައިގެ ހަމަޔަށް ޙަރަކާތް ކުރުން. ނަށާމީހުން ފަނުން އެކި ސިފަޔަށް އެއްޗެހި ވިޔެގެން އެއަށް އެރި ތިބެގެން ނަށާ.
ކަދާ މާލި ނެށުމަށް ބަލާލާއިރު، ކަދާ މާލި ނެށުމުގައި ނަށާމީހުން މަޢުދަނީ ފޯއްޔަކުން ރަންވަން ލޮއިން ހުންނަ ބޯތައްޓެއް ކަދާގައި ޖަހަމުން ލަވަ ހަމަކޮށް ކުޅެމުން ބެރާ ލަވަޔާއެކު ނަށާ. ކަދާ މާލި ނެށުމުގައި އަންނަ ފޭއްޔާއި ހުދު ދިގު ލިބާސް ނޫނީ ސާޔާ ދެން ބޮލުގައި ނައުރުމާ ބަނދެގެން ކުޑަފޮށާ އޮޅައިގެން ހެދުން ފުރިހަމަކޮށްގެން ނަށާ. ކަދާމާލި ނެށުމޭ ކިޔަނި ކަދާ ހިފައިގެން ނަށާތީ. ކަދާއަކީ ބޯތައްޓެއް ފާޑުގެ އެއްޗެއް. މާލި ނެށުމުގެ އެއްވެސް ވައްތަރަކީ އަދި މާ ދިރުންހުރި ކުޅިވަރެއްގެ ގޮތުން ފެތުރެމުންދާ ކަމެއްނޫން.
ހަރުދަނާ މީހުންގެ ދޫދު މަތިން ބުނަމުން އައި ގޮތުގައި މާލިނެށުން އޭގެ އަސްލު ގޮތްތަކާއި އެއްގޮތަކަށް ބޭނުން ކުރަމުން އައީ މީގެ ސަތޭކައެއްހާ އަހަރު ކުރީން ސުރެން އަރިއަތޮޅު ފެރިދޫގަ. އެކަމަކު މިހާރު އެރަށުންވެސް އަދި އެހެން ތަންތަނުންވެސް ކުރީން ދެންނެވިހެން މުޅީން މިނެށުމަށް ބަދަލު ގެނެސްފައިވޭ. ފެރިދޫގައި މިކަމެއް ފެށުނި މުޢީނުއްދީނުލް އައްވަލުގެ ރަސްކަމުގައި އެ ރަށަށް މިނިވަން ކުރައްވަފައި ފޮނުވަލައްވާފައި ތިބި ބަބުރުންގެ ފަރާތުން ކަމަށް ބުނެވޭ.
No comments:
Post a Comment