Monday, December 5, 2011

Programme 17

ވަރަށް ލޯބިން އުޅުނު ދެމަފިރިން. ދުވަހަކުވެސް ދެމަފިރީންގެ ދެމެދުގައި މައްސަލައެއް ނުޖެހޭ. ޚިޔާލު ތަފާތުވުމެއް  ނޯންނާތިއެއް ނޫން. އެކަކު އަނެކަކަށް ރަނގަޅަށް އެނގިގެން އެކަކު އަނެކަކާއި އެހިތެރިވެގެން އުޅޭތީ. އެއްދުވަަކު ރަސްމީ ދަތުތެއްގައި ފިރިމާހާ ފުރައިގެން ކޮންމެވެސް ރަށަކަށް ދާން ޖެހިއްޖެ. އެއި ދެމީހުންގެ ކައިވެނިގެ ފަހުން ވަކިވާން ޖެހުނު ފުރަތަމަ ފަހަރު. އެހެންވީމަ، ވަކިވެގެން ދިޔައީ ވަރަށް ގިނަ ވާހަކަ ދައްކައި ރޮއި ހެދުމަށްފަހުގަ. ދަމުން ފިރިމީހާ ބުނި. ކުރަން ހުރި ހުރިހަ ކަމެއް އަހަރެން ހުންނާނި ކޮތަރި ތެރޭގައި ހުރި ބޯޑުގައި ލިޔެފައި. އެކަންތައްތައް ހަނދަން ކުރާންވާނެ. ފިރިމާހާ ފުރައިގެން ދިޔައީމަ، އަނބިމީހާ ބޯޑު ބަލައިލި. އެ ބޯޑުގައި ލިޔެފައި އޮތް. ފޮނު ބިލުގެ މުއްދަތު ހަމަވަނީ މިއަންނަ ހޯމަ ދުވަހު. އެހެންވީމާ އޭގެ ކުރިން ބިލަށް ފައިސާ ދައްކަންވާނެ. ކަރަންޓް ބިލްގެ މުއްދަތު މަދަމާ ނުން އަނެއް ދުވަހު ހަމަވާނެ. އެހެންވިމާ، އެ ބިލަށްވެސް ފައިސަ ދައްކާންވަނެ. އަހަރެންގެ ފަޓްލުނުތައް ފެހި މީހައަށް ތިންސަތޭކަ ރުފިޔާ ދެން އޮންނާނެ. ފައިސާ ބަލައި މިއަންނަ ހުކުރު ދުވަހު އަންނާށޭ އަހަރެން އޮންނާނި ބުނެފަ. އެނަ އައީމާ ފައިސާ ދީ. އެއީ ވަރަށް ރުޅި ގަދަ މީހެއް. އެހެންވީމާ، އެހެން ދުވަހަކަށް އޭނާއަށް ފައިސާ ދިނުން ލަސް ނުކުރާތި. އަހަރެންދެކެ އަބަދުވެސް ލޯބިވާތި. އަހަރެންގެ މަތިން އަބަދުވެސް ހަނދާން ކުރާތި. ފިރިމީހާ ދަތުރު ނިންމާފައި އައީ ފަސްދުވަސް ފަހުން. އޭނާ އައިސް ފުރަތަމަވެސް ބެލީ އެއްކަލަ ބޯޑަށް. ބޯޑުގައި ކުރަން ހުރި ކޮންމެ ކަމަކާއި ދިމަގައި ރަނގަޅު ފަހަގައެއް ޖަހާފައި ހުރި. އެއީ އެކަމެއް ކޮށް ނިންމައިލީކަން އަންގައި ދިނުމުގެ ގޮތުން. އެކަމަކު އެންމެ ފަހުން އޮތް ނަމްބަރުގައި ފާހަގައެއް ނެތް. ފިރިމީހާ ވަރަށް ދެރަވެފައި ބުނި. ހުރިހައި ކަމެއް ކުރި އިރުވެސް އަހަރެންގެ މަތީން ހަނދާން ނުކުރަނިތާ. އެންމެ ފަހުގެ ނަމްބަރުގައި އޮތި ފާހަގައެއް ނުޖަހާ. އަނބިމީހާ ބުނި. ނޫން އަހަރެން ވަރަށް ބޮޑަށް ހަނދާން ކުރިން. އަދި ލޯބިވެސްވިން. ކުރިއަށް އޮތް ދުވަސް ތަކުގައިވެސް ކަންތައް އޮންނާނި އެހެން. ފާހަގަ ޖަހާފައި ނެތި އެއީ ދުވަހަކުވެސް ނުނިމޭނެ ކަމަކަށް ވާތީ. ފާހަގަ ޖަހައިފިއްޔާ އެވަގުތުން ފެށިގެން އެ ނިމުނީއެއް ނުންތޯ؟
އާދެ، ލޯތްބާއި ހަމްދަރުދިއާއި މި ނޫނަސް މިފަދަ ކޮންމެ ރަނގަޅު ކަމަކީ ނުނިމޭ ގޮތަށް އޮންނަން ޖެހެ ކަމެއް. އެހެން ނޫނި ދިރިއުޅުމުގެ ޙަގީގީ އުފަލެއް ނުލިބޭނެ. ލިސްޓްގައި ނިމިއްޖެ ކަމަށް ފަހަގަ ޖަހާ ކަމަކަށް މިފަދަ ކަމެއް ވެއްޖެ ނަމަ، ދިރިއުޅުން ވެގެންދާނި ދަތި އުނދަގު ދަތުރަކަށް.

އެއްކަޅިން ތާރީޚު               


މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެ ކުޅިވަރު ތަކާއި ބެހޭ ގޮތުން. މިރޭގަ އަޅުގަނދުމެން ގެނެސްދޭނީ ފީކޮއި ކުޅުމާއި ބެހެ ގޮތުން. މިއީ ދިވެހި ކުދަކުދީންގެ ސަގާފީ ކުލިވަރު ތަކުގެ ތެރެއިން އެވެލާގެ ފަންތި ކުޅިވަރެއް. ގޯތިތެރޭގެ ދިވެހި ކުޅިވަރު ތަކުގެ ތެރެއިން ކުޑަކުދީންގެ ޓީމު ކުލިވަރެއް. މޮޅު ދެރަ ބެލުމަށް ޕޮއިންޓް ހޯދަން ފަސޭހަ މަދު ޢަދަދކީ ޓީމެއްގައި ތިން ކުދީން. ފުރަތަމަ ދެބަޔަށް ދެ ވެރީން ކަނދައެޅުމަށްފަހު، އެ ދެކުދީން ވެގެން ދެބަޔަށް ކުދީން ހޮވައި ބައި އެއްވަރަށް ބަހަނީ. އެއަށްފަހު ކުޅެން އުޅޭނޭ ހިސާބެއް ކަނޑައަޅާނީ. ކުޅޭ ކުދީންގެ ތެރޭގައި ހިމެނޭނީ ފިލާ ކުދީންނާއި ހޯދާ ކުދީން. ކުޅެން އުޅޭނޭ ހިސަބެއް ކަނޑައެޅުމަށްފަހު، ގުރުއަތުލައިގެން ފުރަތަމަ، ފިލަނޭ ބައެއް ހޮވަނީ. ހަމައެގޮތަށް ކޮންމެ ބަޔަކުވެސް ފިލާނޭ ޢަދަު ކަނޑައަލަންވާނެ. މިހަ ހިސަބުބް ކުޅެން ފަށަންވީ. މިއީ މި ކުޅިވަރު ކުޅޭ ގޮތް. ފިލާ ކުދިން ތަންތަނަށް ވަދެ ފިލުމުން އެ ޓީމުގެ ވެރިޔާ އެކުދީން ފިލައިފިކަން އެންގުމުގެ ގޮތުން ވަރަށް ބާރަށް "ފީކޯތް" މިހެން ވަރަށް ބާރަށް ގޮވާލާނެ. ދެން ހޯދާ ކުދިން މަސައްކަތް ކުރާނީ ފިލި ކުދިން ހޯދުމަށް. މާ ދިގު ނުލައި އެކަށީގެންވާ ވަގުތެއްގައި ކުއްޖަކު ނުހޯދުނު ނަމަ ހޯދާ ޓީމުގެ ވެރިޔާ "ލަނޑެއް ކަމަސް ނުކުމޭ" މިހެން ގޮވަމުން އެ ކުއްޖަކު ނުކުންނަންވީ. އެއީ ހޯދާބައި ޕޮއިންޓަކުން ބަލިވީ. އަނެއްބައި މޮޅުވީ. ކަނދައަޅާފައިވާ އަދަދަށް ކުޅެ ނިމޭއިރު ދެބައި އެއްވަރު ވެއްޖެނަމަ ފޮތިގަނދަކުން މެދުމިނުގެ ކާއްޓެއްހާ ވާރުގެ ބޮޑިއެއް ބަނދެ އެއްބައިގެ ކުދީން އެ ބޮޑި ފޮރުވުން އަނެއްބައިގެ ކުދީން ހޯދާ ގޮތަށް މި ކުޅިވަރު ކުރިއަށް ގެންދޭ. މިގޮތުންވެސް ދެބައި އެއްވަރު ވެއްޖެނަމަ، ދެ ޓީމު އެއްވަރުވީ. ފީކޮއި ކުޅެގެން ދެރަވާ ބައި މޮޅުވާބަޔަށް ބޮނޑިބަތް ފަދަ ލުއިކެއުމަކުން ޖާފަތެއް ދިނުމަކީ އިހުގައި ގިނަފަހަރަށް ކޮށްއުޅުނު ކަމެއް. 

No comments:

Post a Comment