Monday, December 5, 2011

Programme 18

އަމިއްލައަށް މަރުވުމުގެ ޙާދިސާ ތަކަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ޢާންމު ކަމަކަށް ވަނީ ވެފަ. ދިރިއުޅުމުގެ ފެންވަރު ކިތަންމެ މަތިކަމުގައި ވިނަމަވެސް އަމިއްލައަށް މަރުވާ މީހުންގެ ޢަދަދު މިއަދު ދުނިޔޭގެ ގައުމުތަކުގައި ގިނަ ކަން ފާހަގަ ކުރެވޭ. އިންސާނާ އޭނާގެ އަމިއްލަ ނަފްސަށް ނަފްރަތުކޮށް އެ ނަފްސުގެ ވުޖޫދު ނެތިކޮށްލަން މަސައްކަތް ކުރަނީ ފަހެ ކީއްވެގެން ބާވައޭ ހިތައްއަރާ. ނަފްސާނީ ޢިލްމުވެރީން ނުވަތަ ސައިކޮލޮޖިސްޓުން މި ސުވާލުގެ ޖަވާބު ހޯދުމަށް ވަރަށް ގިނަ ދިރާސާ ތަކެއް ކުރައްވާފައިވޭ. އިންސާނާގެ ސުލޫކަށް އަންނަ ބަދަލުތަކާއި އެ ބަދަލުތައް އައުމަށް މެދުވެރިވާ ސަބަބުތައް ހޯދަން ކުރެވުނު އަދި ކުރެވެމުންދާ  މަސައްކަތްތަކުގެ ނަތީޖާ އަކަށް ވެގެން ދިޔައީ އަމިއްލައަށް މަރުވުމުގެ ބައެއް ސަބަބުތައް ވެސް ހޯދުން. އަމިއްލައަށް މަރުވުމުގެ ޙާދިސާ ތަކުގެ ތެރެއިން ގިނަ ޙާދިސާ ތަކުގެ އަސްލަކަށް ވެފައިވަނީ ހާސްވުމާއި ފިކުރު ބޮޑުވުން.
ފަރަންސޭސީ ވިލާތުގެ ނަފްސާނީ ޢިލްމުވެރިއެއް ކަމުގައިވާ ޑޮކްޓަރ އެމިލް ޑައިކްހައިމް ސިފަ ކުރައްވާ ގޮތުގައި، އަމިއްލައަށް މަރުވުމުގެ މައިގަނޑު ސަބަބަކީ އެމީހެއްގެ ޙަޔާތުގައި އަންނަ ހާސްކަން ކުރިމަތިވާ ދަނޑިވަޅު ތަކުގައި އަމިއްލަ ޖިސްމާނީ އަދި ނަފްސާނީ ބާރުތަކަކަށް އަންނަ  ބަދަލު. ދިރިއުޅުމުގައި ދިމާވާ މައްސަލައެއް ނުވަތަ މައްސަލަ ތަކެއްގެ ސަބަބުން ބައެއް ފަހަރު ތިމާގެ ބުއްދި ހަމައިން ނައްޓާލާ ގޮތް މެދުވެރިވޭ. މިފަދަ ދަނޑިވަޅު ތަކުގައި ދިމާވާ މައްސަލައެއް އަވަހަށް ޙައްލު ކުރެވިއްޖެނަމަ، ގިނަފަހަރަށް އެމީހަކަށް އޮންނަނީ މަގު އޮޅިފަ. އެއްވެސް ވިސްނުމެއްނެތި ހިތަށްއެރި ކޮންމެ ކަމެއް ކޮށްލުމަކަށް ވެސް  ފަހަރުގައި ވެސް އެމިހަކު ޖެހިލުމެއް ނުވާނެ. ބައެއް ނަފްސާނީ ޢިލްމުގެ މާހިރުން ވިދާޅުވާ ގޮތުގައި ތިމާގެ ހިތްއެދޭ ކަމަކާއި ނުވަތަ އެއްޗަކާއި، ތިމާ އެންމެ ގަބޫލުވާ އެއްޗެއް ޙާސިލު ނުވުމަކީވެސް އަމިއްލައަށް މަރުވުމަށް މަގުފަހި ކޮށްދޭ ކަމެއް.
ބޭރުގެ ދުނިޔެއާއި އަޅުގަނދުމެއްގެ ރާއްޖޭގައި މިފަދަ ޙާދިސާތައް ހިނގާފައި އެބަހުރި. މިގޮތަށް އަމިއްލައަށް މަރުވާ މީހުން ބައެއް ފަހަރަށް އޭނާ މަރުވުމުގެ ކުރިން އޭނާ މަރުވުމުގެ ޙާދިސާގެ ސަބަބު ދިރި ތިބި މީހުންނަށް ހާމަކޮށްދޭ.
ކުޅަދާނަކަން ދެއްކުމަކީވެސް ވަރަށް މަދުން ނަމަވެސް ހަމަ ދިމާވާ ގޮތެއް. ބައެއް ފަހަރު ތިމާގެ ހިތްވަރާއި ކެރި ހުރިކަން އަންގައި ދިނުމުގެ ގޮތުން ބައެއް މީހުން އަމިއްލައަށް މަރުވޭ. އަމިއްލައަށް މަރުވުމުގައި މިދެންނެވި ފަދަ މީހުންނަށް ހިތްވަރުދޭ އެކަށްޗަކީ ޓީވީއިން ފެންނަ ބައެއް ފިލްމުތައް. މިކަހަލަ ފިލްމުތަކުގައި ދައްކާ ބައެއް މަންޒަރު ތަކުގެ ސަބަބުން.
އަމިއްލައަށް މަރުވުމަކީ ކަނޑައެޅިގެން ތިމާގެ ފިނޑިކަން ދައްކައިދޭ ކަމެއް. ތިމާއަކީ އެއްވެސް މީހެއް ނޫންކަން އަންގައިދޭ ފުރިހަމަ ނިޝާނެއް.

އެއްކަޅިން ތާރީޚު

މިބައިގައި އަޅުގަނޑުމެން ގެނެސްދެމުން މިގެންދަނީ ދިވެހި ރާއްޖޭގެ ސަގާފީ ބައެއް ކުޅިވަރުތަކާއި ބެހޭގޮތުން އެގޮތުން މިރޭ ބަލައިލާނީ ގަނޑުފިއްލާ ކުޅުމައި ބެހޭ ގޮތުން. ދިވެހި ބަސްފޮތުގައިވާ ގޮތުން މިއީ ދިވެހި ކުޅިވަރެއްގެ ނަން. ދޫދޫ މަތިން ބުނެއުޅުނު ކަމަށްވާ ގޮތުގައި ދެކުނު އިންޑިޔާއިން ނުވަތަ އޮޅުދޫ ކަރައިން މި ކުޅިވަރުގެ އަސްލު ހޯދުނު.
ގަނޑުފިއްލާ އަކީ ފީކޯތް ކުޅުމެކޭ އެއްފަދައިން  ގޯތި ތެރޭގައި ކުޅޭ ޓީމު ކުޅިވަރެއް. މި ކުޅިވަރި އިހަށް ބޮޑަށް ކުޅެ އުޅުނީ ހަނދުވަރު މަތީގައި. ގަނޑުފިއްލާ ކުޅޭއިރު ޓީމެއްގައި މަދުވެގެން ތިންކުދީން ތިބޭ. އާދައިގެ ވަރެއްގައި ފަސްކުދީން ނުވަތަ އެއަށް ވުރެން އިތުރަށް ތިބެދާނެ. ގަނޑުފިއްލާ ކުޅުމަށް ބޭނުންވަނީ ބިންމަތިގައި ފަތުރާނޭ ކުނަލެއް ނުވަތަ ސާއްޗެއް ފަދަ އެއްޗަކާއި ފިލާ އޮތުމަށް ގައިމަތީގައި އަޅާނޭ ބޮޑު ފޮތިގަނަޑެއް ފަދަ އެއްޗެއް. ރަޖާ ގަނޑެއް ނުވަތަ ބެޑްޝީޓްފަދަ އެއްޗެއް ވެސް ބޭނުން ކުރެވިދަނެ. މި ކުޅިވަރު ކުޅޭ ގޮތަކީ ފުރަތަމަ ކުޅޭ ކުދިން ދެ ބަޔަކަށް ބަހާލަނީ. މިކަމަށް ދެބަޔަށް ދެ ވެރިން ކަނޑަ އެޅުމަށްފަހު، ދެން ބައި ހަމަވާ ގޮތަށް ދެބަޔަށް ކުދިން ހޮވައި ހަމަ ޖައްސާނީ. އެއަށްފަހު، ގުރު އަތުލައިގެން އެންމެ ފުރަތަމ ހޮވާ ކުދީންނާއި ކުޅޭ ކުދީން ކަނޑައަޅަނީ. މި ކުޅިވަރުގައި ކުޅޭ ކުދީންނަކީ ހޯދި ތަކެތީގެ ބޭނުން ކޮށްގެން ނިވާވެ ފިލާ ކުދީން. ހޮވާ ކުދީންނަކީ ފިލާ އޮތް ކުއްޖާގެ ނަމުން ގޮވާ އޭނާ ގަނދުދަށުން ނެރޭ ކުދީން.  ގަނޑަކީ މީހާގެ ސޫރަ ނޭނގޭހެން  ފޮރުވިފައި އޮންނަ އޮތުމަށް ނުވަތަ އެ އޮންނަ ސިފަޔަށް ކިޔާ ނަމެއް. ގަނޑު ފިއްލާ ކުޅެން ފަށަން ވުމުން ގަނޑުދަށަށް ވަންނާންވީ ކުދީން ގަނޑު ތައްޔާރު ކުރާންވީ ހިސާބަކަށް ދާނީ. އޭރު އަނެއް ޓީމުގެ ކުދީން ތިބެންވާނީ މި ޙަރަކާތް ނުފެންނަ ހިސާބެއްގަ. ގަނޑުދަށަށް ފިލަން ވަންނަ ކުދީން ކުރިން ބުނި ކުނާ ނުވަތަ ސާންތި ފަތުރާފައި އޭގެ މަތީގައި ކުއްޖަކު ގުދަށް ބާއްވާފައި ގާތް މަތީގައި ފޮތިގަނދެއް އަޅަނީ. އެއަށްފަހު ދެން ތިބި ޓީމުގެ ކުދީން އެ ހިސާބުގެ ކައިރީ ތަންތަނަށް ވަދެ ފިލަންވީ. އަދި ގަނޑު ތައްޔާރު ވެއްޖެކަން އަނެއް ޓީމަށް އަންގާލަ ދިނުމުގެ ގޮތުން އެކުދީންނަށް އަޑު އިވޭ ވަރަށް ކުއްޖަކު އަތްތިލަ ބަޑި ޖަހާލަންވާނެ. އަތްތިލަ ބަޑީގެ އަޑު އިވުމާއެކު އަނެއް ޓީމުގެ ކުދީން ގަނޑު ކައިރިއަށް އަންނަނީ. އަދި "ގަނޑު ހެލިހެލި ފުށް ޓަތްކޯ ތުނބުޅި އަމާ ފެންބަތް ކާން މި ގަނޑު ދަށުގައި އޮތީ އެވެނި ކުއްޖާ މިހެން ބުނެފައި ގަނޑު ދަށަށް ވަން ޓީމުގެ ކޮންމެ ވެސް ކުއްޖެއްގެ ނަން ބުނަން ވާނެ. މިގޮތުން ބުނަނަމަ ގަމޑު ދަށުގައި އޮތް ކުއްޖަކާއި ދިާަވެއްޖެނަމަ، އެ ޓީމަށް ލަނޑެއް ލިބުނީ. ދިމާ ނުވެއްޖެނަމަ ކުޅޭ ޓީމަށް ލަނޑެއް ލިބުނީ. "ގަނޑު ހެލިހެލި ފުށް ޓަތްކޯ ތުނބުޅި އަމާ ފެންބަތް ކާން" މިހެން ގޮވާލުމުން ގަނޑު ދަށުގައި އޮތް ކުއްޖާ ގުޑިލާންވާނެ. ގަނޑުދަށުގައި އޮތް ކުއްޖގެ ނަން ދިމާ ނުކުރެވިއްޖެނަމަ އެ ނަމުގެ ވެރި ކުއްޖާ ފިލާ ހުރި ތަނަކުން ނުކުމެ ހޮވާ ޓީމުގެ ކުދީންގެ ކުރިމައްޗަށް އަންނާންވާނެ. ގަނޑުދަށަށް ވަންނަ ކުއްޖާ އޭނާގެ ސިފަ އޮޅުވާލުމުގެ ގޮތުން އެ ކުއްޖެއްގެ ހަށިގަނޑު މާ ބޮޑުކޮށް ދައްކާ ގޮތަށް އޮވެދަނެ، ނުވަތަ މާ ކުޑަކޮށް ސިފަ ދައްކައިގެން އޮވެދާނެ. މިކަން ކަމަށް ބާލީސްފަދަ އެއްޗެތީގެ ބޭނުން ކުރޭ.
ކަނޑައަޅާފައިވާ އަދަދަށް ކުޅެ ނިމޭއިރު އެންމެ ގިނަ ލަނޑު ލިބޭ ޓީމަކީ މޮޅުވާ ޓީމު. ދެރަވި ކުދީން މޮޅުވި ކުދީންނަށް ބޮނޑިބަތް ކައްކައިގެން ޖާފަތްދީ ވެސް ހަދާ. 

No comments:

Post a Comment