Monday, December 5, 2011

Programme 15

އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު ލާލް ބަހާދުރު ސާސްތުރީ އަވަހާރަވީ ނަވާރަ ސަތޭކަ ފަސްދޮޅަސް ހަވަނަ އަހަރުގެ ޖެނުއަރީ މަހު. އޭނާ އަވަހާރަވީމާ ކޮންގްރަސް ޕާޓީއިން ބޮޑުވަޒީރުކަން ދިނީ މިސިޒް އިންދިރާ ގާންދިއަށް. އެކަމަކު އެދުވަސްވަރު މޮރާޖީ ދެސާއީވެސް ގެންދެވީ ބޮދުވަޒީރުކަން ހޯއްދެވުމުގެ މަސައްކަތްޕުޅު ކުރައްވަމުން. ނަވާރަ ސަތޭކަ ފަސްދޮޅަސް ހަތްވަނަ އަހަރުގެ އިންތިޚާބަށްފަހު، މޮރާޖީ ދެސާއީ ވެވަޑައިގެންނެވީ އިންޑިޔަގެ ބޮޑުވަޒީރުގެ ނައިބަކަށް. އެހެން ނަމަވެސް  މޮރާޖީ ދެސާއީ ދެކެވަޑައިގެންނެވީ ބޮޑުވަޒީރުގެ ނައިބު ކަމުގެ މަގާމަކީ އޭނާ އަދާ ކުރައްވާ ވަރަށް ވުރެން މާ ދެރަ މަގާމެއް ކަމުގަ. ވުމާއެކު ބޮޑުވަޒީރުކަން ހޯއްދަވަން ކުރައްވާ މަސައްކަތްޕުޅު ހުއްޓަވާ ނުލައްވައި ކުރިއަށް ގެންދެވި.
ކުރީގެ އިންފޮމޭޝަން މިނިސްޓަރ އިންދަރް ކުމާރު ގުޖްރާލް ލިޔުއްވާފައިވާ ގޮތުގައި އިންދިރާ ގާންދީ ފޮނުއްވައިގެން މޮރާޖީ ދެސާއީ އަރިހަށް ވަޑައިގަތީ އޭނާ. އޭނާ ވަޑައިގެން ދެންނެވީ އިތުރު ޢީއްޒަތާއި އިމްތިޔާޒު ތަކާއެކު މޮރާޖީ ދެސާއީ އިންޑިޔަގެ ރައީސްކަމަށް ގެންނަވަން މަސައްކަތް ކުރައްވާ ކަމަށް އިންދިރާ ގާންދީ ވިދާޅުވި ވާހަކަ. އޭނާ މިވާހަކަ ދެންނެވުމާއެކު މޮރާޖީ ދެސާއީ ވިދާޅުވި ކަމަށް ގުޖްރާލް ވިދާޅުވި. ޚުދު އެކަމަނާ ތިޔަ މަގާމާއި ޙަވާލުވެ ވަޑައި ގަންނަވަންވީ ނޯންތޯއޭ؟ މާނައަކީ އިންދިރާ ގާންދީ ރައީސްއަކަށް ވެ ވަޑައިގަންނަވާފައި މޮރާޖީ ދެސާއީ އާއި ބޮޑު ވަޒީރުކަން ޙަވާލު ކުރައްވަން ވީކަން. އެ ޙަދިސާއަށްފަހު، އޭނާ ކޮންގްރެސްއިން ވަކިވެވަޑައިގަތީ. ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ޓަކައި ކުރެއްވި މަސައްކަތްޕުޅުގައި މުޅި ގައުމު އެފުށް މިފުށަސް ޖައްސަވާލެއްވި. ނަވާރަ ސަތޭކަ ހަތްދިހަ ހަތްވަނަ އަހަރުގެ އިންތިޚާބުގައި، ޖަންތާ ޕާޓީއަށް ލިބުނު ކާމިޔާބީއާއި އެކު، އޭނާ ކުޑަ ދުވަސްކޮޅަކަށް އިންޑިޔާގެ ބޮޑު ވަޒީރަކަށް ވެވަޑައިގަތް. އެހެން ނަމަވެސް އެއަށްފަހު ނެގި ސިޔާސީ ރާޅުތަކެއްގެ ސަބަބުން އޭނާއަށް އިސްތަށިފުޅު ހިތްލައިލެވޭ ވަރެއްވެސް ނުވި.
މޮރާޖީ ދެސާއީގެ ސިޔާސީ ނާކާމިޔާބުގެ ޙަގީގީ ސަބަބަކީ ކުރެއްވެން އޮތްކަމެއް ދޫކޮށްލައްވާފައި ކުރެއްވެން ނެތް ކަމެއް ކުރައްވާން  މަސައްކަތްޕުޅު ކުރެއްވުން. އެވަގުތު ޙަލަތު ނިޔާކުރާ ގޮތުން އޭނާއަށް އެންމެ އެކަށީގެންވާ މަގާމަކީ ރައީސްކަން ކަމާއި ބޮޑު ވަޒީރުކަން ނުންކަން ގަބޫލުފުޅު ކުރައްވައި އެ މަގާމާއި ޙަވާލުވެ ވަޑައިގަތްނަމަ، ފަހުން ކުރިމަތި ލައްވަން ޖެހިވަޑައިގަތް ލަދުވެތި ޙާލަތާއި ކުރިމަތި ލައްވަން ޖެހިވަޑައި ނުގަތީސް. އެކަމަކު ކުރެއްވެން ނެތް ކަމެއްގެ ފަހަތުން ދުވެ ވަޑައިގަތުމުގެ ނަތީޖާއަކަށްވީ ކުރެއްވެން އޮތް ކަންތައްތަކުންވެސް މަޙްރޫމްވެ ވަޑައިގަތުން.
ކުރެވެން ނެތް ކަމެއްގެ ފަހަތުން ދުވަން ފަށައިފިނަމަ، ކުރެވެން އޮންނަ ކަމަކުންވެސް މަޙުރޫމްވާ ގޮތް ދިމާވޭ. ކުރެވެން އޮންނަ ކަމަކަށް ރުހިގެން ހުންނަ މީހާ އެންމެ ފަހުން ކުރެވެން ނޯންނަ ކަމެއްގެ ގޮތުގައި އޮތް ކަންތައްވެސް ކުރެވޭ ގޮތް ދިމާވޭ.

އެއްކަޅިން ތާރީޚު                

މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެއާއިމެދު. ދިވެހި ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާލާއިރު، ހުޅުލޭގައި އަލަށް ހެދުނު ވައިގެ ބަނދަރާއި ގުޅިގެން ރާއްޖޭގައި ފަތުރުވެރިކަމުގެ މުސްތަގުބަލެއް އޮތްތޯ ބަލަން ކަމާބެހޭ މާހިރުން އ.ދ އިން އައިސް ހޯދުންތައް ހޯދި. މިގޮތުން ނާވާރަ ސަތޭކަ ފަސްދޮޅަށް ހަވަނަ އަހަރު އައި މާހިރަކު ކަނޑައެޅީ ރާއްޖެއަކީ ފަތުރުވެރިކަމުގެ އެއްވެސް މުސްތަގުބަލެއް އޮތްތަނެއް ނޫންކަމަށް. އަހަރުތައް ފާއިތުވަމުންގޮސް ނަވާރަ ސަތޭކަ ހަތްދިހަ އެއްވަނަ އަހަރު، ރާއްޖެއަށް ޝައުގުވެރިކަންދިން ދަތުރުވެރިއަކު، ދިވެހި ޒުވާނަކާއި ގުޅިގެން މި މަސައްކަތް ފެށޭތޯ ބެލި. އިޓަލީއަށް އުފަން މިސްޓަރ ޖޯޖް ކޯބިން އާއި އަލްފާޟިލް އަޙުމަދު ނަސީމުގެ މަސައްކަތުން ރާއްޖެ ގެނެވުނު ފަތުރުވެރީންގެ ބާވީސް މީހުންގެ ގްރޫޕް ނަވާރަ ސަތޭކަ ހަތްދިހަ ދެވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ސޯޅަ ވަނަ ދުވަހު މާލެ އައިސް ހަފްތާއެއްހާ ދުވަހު ތިބި. ފަތުރުވެރިކަން އެ ހިސާބުން ފެށިގެން އައިސް ފައިވާ ހިސާބު ބަލާކޮންމެ މިހާކަށް މިހާރު އެ އޮތީ ފެންނަން.
ރާއްޖޭގެ ވައިގެ ބަނދަރާއިމެދު ބަލާލާއިރު، ޜާއްޖެއަށް ގޮސް އައިސްވާ މީހުން ދާދި ފަހަކާއި ޖެހެންދެން   ގޮސް އައިސް އުޅުނީ ކަނޑު މަގުން. ޜާއްޖޭގެ މީހުން ބޭރަށް ގޮސް އުޅުމަކީ ވަރަށް ބޮޑު ކަމެއް. ބިދޭސިން ރާއްޖެއަށް އައުމަކީވެސް އެޙާ މުހިންމު ކަމެއް. ކަން މިހެން އޮއްވައި މާލެ ކައިރީގައި މީހުން އުޅޭ ރަށެއް ކަމުގައިވި ހުޅުލެ އާއި އެ ރަށާއި ވަރަށް ކައިރީގައިވީ އޮތް ގާދޫ އާއި ގުޅާލައި އެތާނގައި ވައިގެ ބަދަރެއް ހެދުމުގެ މަސައްކަތް ފެށުނު. މި މަސައްކަތް ފޭށުނީ ހަތެއް އޭޕްރީލް ނަވާރަ ސަތޭކަ ފަސްދޮޅުހުގަ. އެތަނ ުގައި އެޅުނު ރަންވޭގައި ފުރަތަމަ ބޯޓެއް ޖެއްސީ ނަވާރަ ސަތޭކަ ފަސްދޮޅާސް ހަވަނަ އަހަރުގެ އޭޕްރީލް މަހުގެ ބާރަ ވަނަ ދުވަހު. އެފަހަރު ޖެއްސީ އެއަރ ސިލޯނުގެ ބޯޓެއް. އޭގެފަހުން އެކި ފަހަރު މަތިން މަރާމާތު ކުރެވި އައު ކުރެވި، ތަރައްގީ ކުރެވުމަށްފަހު، މިއަދު މިއޮތީ ބައިނަލް އަގުވާމީ ފެންވަރުގެ ވައިގެ ބަދަރެއް. 

No comments:

Post a Comment