އެއްޒަމާނެއްގައި ވަރަށް މަޝްހޫރު ދީލަތި ދަނޑުވެރިއަކު އުޅުނެވެ. މި ދަނޑުވެރިޔާ އެއްދުވަހަކު އޭނާގެ ކޮއްކޮއެއްގެ ގެއަށް ގޮސް ގޯތިތެރެ ބަލައިލުމުން އާމްދަނީއެއް ލިބޭނޭ އެއްވެސް މަސައްކަތެއް ކޮއްކޮ ނުކުރާކަން އެނގުނެވެ. ކޮއްކޯއެވެ. ދަނޑުވެރިޔާ ބުނި. އަހަރެންގެ ދަނޑުގައި ހުރި އެންމެ ގަދަޔަށް ހެދޭ އެންމެ ގިނައިން އަނބު އަޅާ މުޑުވަކުގެ ފޯދިފައިހުރި ގަސް ކޮއްކޮއަށް ދޭނަމޭ. މިގަސް ރަނގަޅަސް ހައްދައި ބަލަހައްޓާށޭ. މިއީ އެންމެންނަށް ފައިދާ ކުރަނޭ ގަހެކޭ. މި ގަހުގެ ފައިދާ އެންމެންނަށް ކުރާނޭ. ކޮއްކޮއާއި ކޮއްކޮގެ ދަރީންނާއި، އެ ދަރީންގެ ދަރިފަސްކޮޅަށްވެސް ދެމިގެން ދާނޭ.
ޖެހިގެން އައި ދުވަހު ދަނޑުވެރިޔާ ބަޔަކުލައްވައި މި ގަސް ނަގައި ކޮއްކޮގެ ގެއަށް ފޮނުވައިފިއެވެ. މިގަސް އިންދާނެ ތަނަކާއިމެދު ކޮއްކޮ ފިކުރު ކުރާން ފަށައިފިއެވެ. އަދި ބުނި. އަހަރެން މި ގަސް ގޯތީގެ އަތިރި މައްޗާއިވި ފަރާތު އިންފަރު ކައިރީގައި ހައްދައިފިނަމަ އަތިރި މައްޗަށް ނުކުންނަ އެންމެންނަށް ގަސް ފެންނާނެ. އެންމެން އަނބު ބިންނާނެ. އަހަރެން މިގަސް މަގުމަތީ ފާރުކައިރިގައި ހައްދައިފިނަމަ، ދޮންވެގެން މަގުމައްޗަށް ވެއްޓޭ ހުރިހަ އަނބެއް ލިބޭނީ މަގުން ހިނގާ މީހުންނަށް. އަނބު އަޅައި ދޮންވެފައި ހުންނަ އިރު މުޅި އަވަށްގަނޑު އެންމެންނަށް ފެންނަނެ. ސަލާންޖަހާ ފަގިރުންވެސް އަންނާނެ. މީގެ އިތުރުންވެސް މަގުމަތިން ހިނގާ ކޮންމެ މީހަކުވެސް އަނބު ބިންނާނެ. އަހަންނަސް ލިބެނީ ވަރަށް މަދު އެއްޗެއް. އަހަރެން މިގަސް ގެއާއި މާ ކައިރިގައި ހައްދައިފިނަމަ، ކުދިވެރީންވެސް ކުޑަދޮރުން އަރައި އަހަންނަށް ވަގަށް އަނބު ބިނދެގެން އެމީހުންގެ ރައްޓެހިންނަށްވެސް ބަހައި ހަދާނެ. މިކަން ޙައްލުކުރެވެން އޮތްގޮތަކީ ގޯތީގައި ހުރި ބޮޑު ގުދަނެއްގެ ބިއްދޮށުގައި އެތައް ރުއްތަކަކުން ވަށާލެވިފައިވާ ތަނެއްގައި ގަސް އިންދުން ކަމަށް ކަނޑައަޅައި އެތަނުގައި ގަސް އިންދައިފި. އަދި އޭނާ އަމިއްލައަށް ބުނެލި. ހަމަގައިމުވެސް މިހަރކު އެއްވެސް މީހަކަށް މި ގަހެއް ނުފެންނާނެ. މިފަދަ ތާކު ގަހެއް ހުރެދަނެ ކަމަކަސް އެއްވެސް މީހަކު ޚިޔާލެއްވެސް ނުކުރަނެ. މީނާ ވަރަށް ރަނގަލަށް މި ގަސް ބަލަހައްޓަމުން ގެންދޭ. ނަމަވެސް އެތައް އަހަރެން ވޭތުވެ ދިޔަ އިރުވެސް ގަހެއް ނުފޯދުނު. އެއްދުވަހަކު ގަހަށް އަރައި ރަށުގެ ކިހަ ހިސާބަކަސް ގަސްފެނޭތޯ ބަލަން އުޅެނިކޮށް ފައި ކައްސާލައިގެން މިކަލޭގެ ގަހުން ވެއްޓިއްޖެ. އަދި ޖެހުނު ގޮތަކުން ކަނާތު ފައިގެ ކަކުލު ހުޅުން ބިންދައިގެންވެސް ހިނގައްޖެ. މީނަ މިކަމާއި ވަރަށް ރުޅިއައިސް ބޭބެ ގާތަށް މީހުން ފޮނުވައިގެން ބޭބެ ގެނުވި. އަދި ވަރަށް ރުޅިވެރިކަމާއެކު ބުނި. ހުރި ނުލަފާކަން ދެކިބަލާށޭ. ފޯދިފައިހުރި މޭވާއަޅާ މާމޮޅު ގަހެކޭ ކިޔަފައި، ދިން ގަހަށް މިހާރު ތިން އަހަރު ވެއްޖޭ. އެކަމަކު އަދިވެސް މަލެއް ވެސް ދައްކައި ނުލައޭ. އެ ގަހަށް މީހަކު ގެއްލުމެއް ދީފާނޭތި ރެއާއި ދުވާލު އަހުރެން މިހުންނަނި ހަމަނިދި ނުނިދާ ފާރަޔަށޭ. ބަލަހއްޓަމުން މިގެންދަނި ލޮލުގެ ކޮއި ފަދައިންނޭ. ލިބޭއެއްޗެއް ވިއްޔާ މި ޚަރަދު މިކުރަނީ ނުކައި ނުބޮއި ގަސްކާނާ ގަތުމަށާއި ގަހަށް ޖަހާ ބޭހަށޭ. އެކަމަކު އެ ބިޔަގަހުން ފަތްތައް ނެގުން ނޫން ދެވަނަ ކަމެއް އަހަންނަކަށް ނެތޭ. އެންމެފަހުން އަހަރެން މިއޮތީ އެ ގަހުން ވެއްޓި ފައިބިނދި ނުކުޅެދިފައޭ. އެއްބަނޑު އެއްބަފާ މިހުންނަށް މިކަހަލަ ލަނޑުދޭން ވާނީ ކިހިނަކުން ހެއްޔޭ. ގަސް އިންދާފައިވާތަން ރަނގަލަށް ބެލުމަށްފަހު ބޭބެ އަސަރުން ފުރިގެންވާ ގޮތެއްގައި ބުނެލިއެވެ. އަތުގައި ޖެހޭ އެއްޗަކުން ޒައްރެއްގެ މިންވަރުވެސް އެހެން މީހަކަސް ލިބުމަކަށް ކޮއްކޮގެ ހިތެއް ނޭދޭ. މި ގަހުން ލިބޭ މޭވާއެއް އެހެން މީހަކަށް ލިބިދާނޭތީ ފޮރުވަން ހަދައިގެން ތިޔަ ބަންދު ކުރެވުނީ އަމިއްލަ އާމްދަނިއެވެ. އެތައް ބައެއްގެ ކާނާއެވެ. މީހުންނާއި މެދު ނުނިޔަތްލާން ހަދައިގެން ގަހަށް ލިބެންޖެހޭ ހޫނާއި އަލީގެ މަތީންވެސް ކޮއްކޮ ތިޔަ ހުރީ ހަނދާން ނެތިފައެވެ. އަމިއްލަ އެދުން ބޮޑުވެއްޖެ ކޮންމެ މިހަކަށް އޭގެ ހިތި ރަހަ ލިބޭނެއެވެ. މެވަގެ ފޮނިކަމެއް އަރާމެއް ނެތެވެ. އެފަދަ މިހުންނަށް އޮތި ބުރަ މަސައްކަތާއި ފިކުރު ކުރުމެވެ. އެފަދަ މީހުންގެ މިސަލަކީ މެވަ ނާޅާ ބިޔަ ގަހުގެ މިސާލެވެ. ކޮއްކޮއަށް ދައްކާފައި މިހުރީ އެ މިސަލެވެ.
އެއްކަޅިން ތާރީޚު
މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެއާއިމެދު. އައްސުލްތާނު މުޙައްމަދު ޝަމްސުއްދީން އިސްކަންދަރުގެ ރަސްކަމުގައި އެކުލަވާލެވުނު ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވައިލުމުގެ މަސައްކަތް ފެށުނީ ނަވާރަ ސަތޭކަ ތިރީސް އެއްވަނަ އަހަރުގެ މާރޗް މަހުގެ ނަވާރަ ވަނަ ދުވަހުގައި ކީރިތި މަހާރަދުން އެންގެވި އެންގެވުމަކާއި ގުޅިގެން އެއަހަރުގެ މާރޗް މަހުގެ ބާވީސް ވަނަ ދުވަހު. ގާނޫނު އަސާސީ އެކުލަވާ ލުމަށްފަހު އުފެއްދި ކޮމެޓީގައި އޭރުގެ އިސް ޢަލިމުންނާއި ޢިއްޒަތްތެރީން ހިމެނޭ. ނުވަދިހަ ދެ މާއްދާގެ މައްޗަށް އެކުލެވިގެންވި ގާނޫނު އަސާސީ ކީރިތި މަހާރަދުން ތަސްދީގު ކުރައްވައި އިޢުލާން ކުރެވުނީ ނަވާރަ ސތޭކަ ބައްތިރީސް ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ބާވީސް ވަނަ ދުވަހު.
ރާއްޖޭގައި ފުރަތަމަ ފުލުހުން އުފެދުނީ މި ގާނުނު އަސާސީއާއި ގުލިގެން ކަމަށް ބުނެވޭ.
ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ނަވާރަ ސަތޭކަ ތިރީސް ނުވަޔަކުން ނަވާރަ ސަތޭކަ ސާޅީސް ފަސްވަނަޔާއި ހަމއަށް ފެށި. މި ހަނގުރާމައިގެ އަސަރު ދުނިޔެއަސް ފެތުރެން ފެށުމާއެކު ރާއްޖެއަށް ވަރަސް ދަތި ދުވަސް ވަރެއް އައި. ރާއްޖެއަށް ކާބޯ ތަކެއްޗާއި އެހެނިހެން ޒަރޫރީ ބާވަތްތައް ގެންނަމުން ގެންދިޔަ އެހެނިހެން ވިޔަފާރި ވެރީންގެ ބަނގަލާ ފަހަރު ތަކުގެ ދަތުރުތައް ހުއްޓި ރާއްޖެގެ ރައްޔިތުން ބަނޑަށްޖެހި. ކާޑު ބަލީގައި މީހުން މަރުވެ، އުނު އޮރިޔާން ނިވައިކުރެވޭ ވަރަށް ފޭރާން ނުލިބިވެސް ދިޔަ.
ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ގާއިމު ކުރުމުގެ ފެށުން ގުޅިފައިވަނި ހިޖްރައިން ތޭރަ ސަތޭކަ ފަސްދޮޅަސް ދެވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ ދެވަނަ ދުވަހު އައްސުލްތާން ހަސަން ނޫރައްދީން ޘާނީ އިސްތިޢުފާ ދެއްވުމާއި ހަމައިން. އެކަމާއި ގުޅިގެން ރާއްޖޭގެ ރަސްކަމަށް އިސްކުރެވުނު އަލް އަމީރު އަބުދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނު އަވަހާރަ ވުމާއެކު ރާއްޖޭގެ ރައްޔިތުންގެ މެދުގައި ނެގުނު ޢާންމު ވޯޓަކުން ނިމުނީ ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް އޮތުމަށް. މިގޮތުން ނަވާރަ ސަތޭކަ ފަންސާސް ތިންވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގައި އުފެދުނު ޖުމްހޫރިއްޔާއަކަށް މާ ގިނަ ދުވަހަކު ނުވެން އޮވެވުނު. ހިޖްރައިން ތޭރަ ސަތޭކަ ހަތްދިހަ ދެވަނަ އަހަރުގެ ޒުލްޙިއްޖާ މަހުން އެގާރަވީ ހުކުރު ދުވަހު ފަޚާމަތުލް ރައީސް އަލްއަމީރު މުޙައްމަދު އަމީން ވެރިކަމުން ދުރުކުރެވުނު އިންގިލާބާއިއެކު ޖުމްހޫރިއްޔާވެސް އުވިގެންދިޔަ.
No comments:
Post a Comment