Monday, December 5, 2011

Programme 10

ފިލިޕް ޖޯން ބޭޔާރ އަކީ މަރަކީގެ ވަރަށް މުއްސަނދި ވިޔަފާރި ވެރިއެއް. އޭނާއަކީ ކްއޭކާ ސްޓޭޓް ރިފައިނިން ކޮމްޕެނީގެ ބާނީ. އޭނައަށް ލިބުނީ އެންމެ ފިރިހެން ކުއްޖެއް. މި ފިރިހެން ކުއްޖާ މަރުވި އިރު އޭނަގެ އަންހެން ދަރިއަކު ހުރޭ. އެލީނާ ރިޗީ. އެލީނާ ރިޗީއަކީ މުއްސަނދިވެގެން ގޮސް ފައިސާއިން އުދުހުނު މީހެއް. އެހެންނަމަވެސް އޭނާ އިންސާނުންނަށް ނަފްރަތު ކުރޭ. ނަތީޖާއެއްގެ ގޮތުން މުޅި ޢުމުރު ހޭދަ ކޮށްލީ މިހަކާއި ނުއިނދެ. އޭނާ މަރުވީ ސާދަ އޮކްޓޫބަރ ނަވާރަ ސަތޭކަ ފަސްދޮޅަސް އަށްވަނަ އަހަރުގަ. އޭރު ޢުމުރަކީ ފަންސަސް އަސް އަހަރު. އިންސާނުންނާއި ދުރުގައި ހުރެގެން އޭނާ އެކަނިވެރިކަން ފިލުވުމަށް އޭނާ ޢަޖާއިބުވަފަދަ ކަންތައްތަކެއް ކޮށް އުޅުނު. މިސާލަކަށް ވަރަށް ގިނަ ޢަދަދަކަށް ފައިވާން ގަތުން އާދައަކަށް ހަދާފައިވޭ. ކޮންމެ ފައިވާނަކަށްވެސް އަރާފައިވަނީ އެންމެ ފަހަރަކު. އޭނާ މަރުވި އިރު އަތުގައި ހުރި ފައިވާނުގެ ޢަދަދު ސަތާރަ  ސަތޭކަ ހަތަކަށް އަރާފައިވޭ. މީގެ އިތުރުން ކަރުދާސް އަޅާ ފޮށީގެ ބާރަ ސަތޭކަ ސައުވީސް ފޮށި އޭނާގެ ގެއިން ފެނުނު. މިނޫނަސް މިކަހަލަ އެތައް އާދައެއް އޭނާގެ ކިބައިގައި ހުރިކަމަށްވޭ. މިބާވަތުގެ ކަންތައްތަކުގެ ތެރެއިން އެންމެ ޙައިރާންވާ ކަމަކީ ކުއްތާ ގެންގުޅުން.  މަގުމަތިން އެއެއް މިއެއްނެތި ދުވަން އުޅޭ ވަގު ކުއްތާއެއް ހަމަ ފެނުމާއެކު ގެއަށް ގެނެސް ވަރަށް ފަރުވާތެރިކަމާއެކު ގެންގުޅޭ. މިހެން ގޮސް އެ ގޭގައި ސަތޭކަ ފަންސާސް ކުއްތާ ހަމަވެއްޖެ. މި ފައުޖު ބޮޑުވެގެން ގޮސް ގޭގައި ގެންގުޅެވޭ ވަރު ނުވެގެން އެންމެ ފުރަތަމަ ބާރަ އޭކަރު އޭގެ ފަހުން ސަތޭކަ އަށްޑިހަ އޭކަރުގެ ބިން ގަނެފި. އެ ބިމުގައި ޚާއްސަ އިންތިޒާމު ތަކެއް ކޮށް ކއްތާ ގެންގުޅެން ފެށި.
އެލީނާ ރިޗީ މަރުވުމުގެ ކުރީން ވަސިއްޔަތް ނާމާއެއް ތައްޔާރު ކުރި. މި ވަސިއްޔަތު ނާމާގައި ލިޔެފައިވާ ގޮތުގައި އޭނާ މަރުވުމަށްފަހު ހުރިހާ މުދަލެއް ލިބޭނީ އޭނާ ގެންގުޅޭ ކުއްތާ ތަކަށް. މަރުވަމުންގޮސް ހުރިހާ ކުއްތާތަކެއް މަރުވީމާ ހުރިހާ ފައިސާއެއް ލިބޭނީ މަރަކީގެ އަލަބާމާގައި ހުންނަ ޖަނަވާރާއި ބެހޭ ޢިލްމު އުނގަންނައިދޭ ސްކޫލަށް.
އޭނާ ގެންގުޅުނު ކުއްތާ ތަކުގެ ތެރެއިން މިހާރު ދިރި ދުނިޔޭގައި އޮތީ އެންމެ ކުއްތާއެއް. އެސޮރުގެ ޢުމުރުން ތޭވީސް އަހަރު ވެއްޖެ. ބަލިކަށިކަމުން ގޮސް ކިރިޔާ ހިނގެނީ. އެސޮރު ވަރަށް އަވަހަށް މަރުވެދަނެ. އެއާއެކު ވަސިއްޔަތުނާމާގައި ބަޔާން ކުރެވިފައިވާ ސްކޫލަށް ކުއްލިއަކަށް ބާރަ މިލިއަން ޑޮލަރު ލިބިދަނެ.
އިންސާނަކަށް އޭނާ ގަޔާވާ ކަހަލަ އިންސާނަކު ނުފެނުނު ނަމަ، ގަޔާވާ ކަހަލަ ނަޒަރިއްޔާއެއް ނުވަތަ އުސޫލެއް ފެނޭތޯ ބަލާ. އެލީނާ ރިޗީއަށް މިފަދަ ނަޒަރިއްޔާއެއް ނުވަތަ އުސޫލެއް ޙާސިލު  ކުރެވުނު ނަމަ އިންސާނުންދެކެ ރުޅި އައުމުގެ ބަދަލުގައި ނުހަނު ބޮޑަށް ލޯބިވީސް.

އެއްކަޅިން ތާރީޚު

މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެއާއިމެދު. ދިވެހި ރާއްޖޭގެ ތަޢުލީމަށް ބަލާލާއިރު ދިހަ އަހަރު ރަސްމީ ތަޢުލީމު މުޅި ރައްޖެއަށް ޢާންމު ވެފައިވޭ. ފަންނީ ރޮނގުތަކުން މަޢުލޫމާތާއި ތަމްރީނު ލިބުމުގެ އެތަކެއް މަގު ހުޅުވިފައިވޭ. މީގެ އިތުރުން ހަމަހަމަ ކަމަށާއި ކަމަށް ގާބިލު ކަމުގެ މިންގަނޑު ތަކުގެ ދަށުން ޔުނިވާރސިޓީ ތަޢުލީމު ލިބިގަތުމުގެ ދޮރު އެންމެންނަށް ހުޅުވިގެންވޭ.
ދުނިޔޭގެ ސިޔާސީ މަޝްރަޙުގައި ރާއްޖޭގެ ނަން ވަރަށް އުޖާލާކޮށް ފާހަގަ ކޮށްލެވޭ. ބައިނަލް އަގުވާމީ ގުޅުންތަކަށް ބަލާލާއިރު ދުނިޔޭގެ ސިޔާސީ މަޝްރަޙުގައި ރާއްޖޭގެ ނަން  ވަރަށް އުޖާލާކޮށް ފާހަގަ ކޮށްލެވޭ. ވަކި ފަރާތަކަށް ނުޖެހުމާއި، ހަމަހަމަ ކަމަށާއި ސުލްޙައަށް ލޯބިކުރާ ގައުމެއްގެ ގޮތުގައި ރާއްޖެއަށާއި ދުނިޔެ އަށާއި އިންސާނިއްޔަތަށް ފައިދާ ހުރި  އުސޫލުތަކަށް ބަހާއި ޢަމަލުން ތާއީދުކުރާ ގައުމެއްގެ ގޮތުގައި.
ޓެކްނޮލޮޖީއަށް ބަލާލާއިރު، ދިރިއުޅުމުގެ ހުރިހާ މައިދާނަކަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީ ލިބިފައިވޭ. ހަކަތަ އުފައްދާ ގޮތާއި ބޭނުން ކުރެވޭ ގޮތްތައް ތަރައްގީ ވެފައިވޭ. ރާއްޖެއަށް އީ ކޮމާސް ތަޢާރަފްވެ ކުރިއަރާފައިވޭ. ރޭޑިއޯއާއި ޓީވީގެ އެތަކެއް ޗެނަލް ތަޢާރަފްވެ، ޕްރައިވަޓައިޒް ވެފައިވޭ.
ދަތުރު ފަތުރު ކުރުމަށް ބަލާލާއިރު، ރާއްޖޭގައި ވައިގެ މަގުން ދަތުރު ފަތުރު ކުރުމާއި މުދާ އުފުލުން ވަރަށް ބޮޑަށް ކުރިއަރާފައިވޭ. ރާއްޖޭގެ އަމިއްލަ އެއަރލައިން ތަކުގެ ބޮޑެތި ބޯޓުގައި ދުނިޔޭގެ ގިނަ ތަންތަނަށް ވައިގެ މަގުން ދަތުރު ކުރެވޭ. ކަނޑާ އެއްގަމުން އަދި ވައިގެ މަގުން ކުރާ ދަތުރު ތަކުގެ އިތުބާރާއި ރައްކާތެރިކަން ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވޭ.
ރާއްޖޭގައި ކުޅިވަރުގެ ދާއިރާ ވަނީ ވަރަށް ބޮޑަށް ކުރިއަރާފައި. ފެންނަން ހުރީ އެންމެ މިޒަމާނުގެ ސްޓޭޑިއަމްތައް. ކަސްރަތުކުރާ ތަންތައް. ކުޅިވަރުގެ ރޮނގުން އެންމެނަށް އަދި ވަކީން ޚާއްސަކޮށް ޒުވާނުންނަށް ތަމްރީނުދޭ ތަންތަން.
ތިމާވެއްޓަށް ބަލާލާއިރު ރާއްޖޭގެ ރައްޔަތުންނަކީ ރަޢްޖެއަށް ދިމާވެދާނެ ތިމާވެށީގެ ނުރައްކާތެރިކަން ޒަމާނީ ތެކްނޮލޮޖީގެ އެހީގައި މަސައްކަތް ކުރުމަށް ދަންނަ ބައެއް. ކަނޑުގެ ލޮނުގަނޑު ބޮޑުވުމާއި ރަށްތަކާއި ފަރުތަކަށް ލިބިދާނެ ގެއްލުން ތަކުން ސަލާމަތް ކުރުމަށް ކުރަންވީ ކަންތައްތައް ބަލައި ހޯދައި، އެފަދަ ގެއްލުންތައް ދިފާޢު ކުރުމަށް މަސައްކަތް ކުރާ ބައެއް.

No comments:

Post a Comment