Sunday, December 4, 2011

Programme 11

ވާހަކަ ލިޔާ މީހަކު ވަރަށް ދިގު ވާހަކައެއް ލިޔުނު. މި ވާހަކަ ފެނިފައި އޭނާގެ ރަޙުމަތްތެރިއަކު ބުނެލި. "އަސްތާ ހާދަހާވާ ދިގު ވާހަކައެކޭ. މިވާހަކަ ލިޔަމުންގޮސް ފޫހިވާ ގޮތެއް ނުވޭތަ؟" ލިޔުންތެރިޔާ އެއްވެސް ޖެހިލުމެއްނެތި ޖަވާބު ދިނެވެ. "އެއްގޮތަކަށްވެސް ނުވޭ. އަހަރެންގެ ވިސްނުމުގައި އަބަދުވެސް އޮންނަނީ ކުރިއަށް އޮތް ޕެރެގްރާފް."
އިންސާނާގެ ހަޔާތަކީވެސް ދިގު ވާހަކައެއް. ކާމިޔާބިއާއި ކާމިޔާބީ އާއި ނާކާމިޔާބީން ފުރިފައިވާ ވަރުގަދަ ދާސުތާނެއް. މި ވާހަކަޔާއި ގަޔާވެގެން ފޫހި ނުވެ ކުރިޔަށް ދެވެނޭ އޮންނަނީ އެންމެ ގޮތެއް. އެއީ އަބަދުވެސް ކުރިޔަށް އޮންނަ ޕެރެގްރާފާއި މެދު ވިސްނުން. އާޚިރަތަށް ބަލާއިރުވެސް ކަންތައް އޮތީ މިހެން. މި ދުނިޔޭގައި ޙައްގާއި އެއްގޮތަށް ދިރިއުޅެން ކަނޑައަޅާ މީހާ އޭނާ ހިނގައިގެން ނުވާނޭ އެއްވެސް މަގަކުން ނުހިނގާނެ. އޭނާ ބަލަނީ އަބަދުވެސް ޙައްގު ގޮތުގައި ހުރެވޭތޯ. އޭނަ އިޚުތިޔަރު ކުރި މަގަކީ އެއްޗެއް ލިބުމުގެ ބަދަލުގައި ހުރި އެއްޗެތި އަތުން ބީވެގެން ދާފަދަ މަގެއް ކަން އެނގުނަސް ހެޔޮ މަގު ދޫކޮށެއްނުލާނެ. މި ދުނިޔޭގައި އޭނާގެ މަސައްކަތާއި ގުރުބާނީގެ އަގު ނުލިބޭނެކަން އޭނާ ދަންނާނެ. މިފަދަ މީހަކާއި ގުޅޭ ހިތުން އުޅޭ ބައެއް މީހުން ޝަކުވާގެ ލިސްޓަކާއިގެން އޭނާ އާއި ދުރަށް ޖެހިލާނެ. ރަޙުމަތްތެރީން ކަމަށް ބެލި މީހުން ދެކޮޅުވެރިކަމާއެކު މޫނު އަނބުރައިލާނެ. އެބަޔަކަށް ޓަކައި މުޅި ދިރިއުޅުން ނަގައިލި މީހުންގެ ފަރާތުން އޭނާއަށް ލިބޭނީ ހަމައެކަނި ހުތުރު އިލްޒާމް. އޭނާގެ މަސައްކަތުން ފައިދާ ނަގާނީ އެހެން މީހުން. އޭނާގެ މަސައްކަތުން ހޯދި ތަކެތިން ގަނޑުވަރުތައް އަޅާނީ އެހެން މީހުން.  ބުރަ އެތައް މަސައްކަތަކަށް ފަހުގައިވެސް އޭނާ އުޅޭނީ ދެރަ ޖިފުޓިއެއްގައި. މިފަދަ ޙާލަތެއްގައި ޙައްގުގެ މަގުގައި ސާބިތުވެ ހުރެވޭނީ ތިމަގެ ވިސްނުން އާކިރަތާއި ދިމާލަށް އެނބުރުވިގެން. ވިސްނުމުގައި ކުރިއަށް އޮތް ޕެރެގްރާފް ބާއްވައިގެން.
މޮޅު ކާމިޔާބެއް ލިބޭނީ މިއަދުގެ ގެއްލުން ތަކުގެ ބަދަލުގައި މާދަމާގެ އިނާމު ތަކަށް ނަޒަރު ހިންގާ މީހުންނަށް. މާދަމާ ލިބެން އޮތް އެއްޗެއްގެ އެދުމުގައި މިއަދުގެ މަތިން ހަނދާން ނައްތާލާ މީހުންނަށް.

އެއްކަޅިން ތާރީޚު

މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެއާއިމެދު. ދިވެހި ރާއްޖޭގެ ދީނަށް ބަލާލާއިރު ދިވެހީން ވަނީ އިސްލާމް ދީނުގައި ސާބިތު ވެގެން. އަމިއްލަ ދިރިއުޅުމާއި އިޖްތިމާޢީ ކަންކަމުގައި ދީނުގައިވާ އެންމެހާ ހެޔޮ ގޮތްތައް ބަހާ ޢަމަލާއި ޢަގީދާއާއި ޚުލްގުން ހާމަ ކޮށްދޭ ބައެއްގެ ގޮތުގަ.
ދިވެހީން ދެމި ތިބީ ދިމިގްރާތީ އުސޫލުތަކަށް ތާއީދުކުރާ ބައެއްގެ ގޮތުގަ. ދިރިއުޅުމުގެ އެންމެހާ މައިދާނެއްގައި ހަމަހަމަކަމާއި އިޖްތިމާޢީ މަސްއޫލިއްޔަތަށް ލޯބިކުރާ ބައެއްގެ ގޮތުގަ. އަދިހަމައެހެންމެ ދިވެހިރާއްޖޭގައި ވަނީ ޕާޓީ ނިޒާމުގެ ސިޔާސަތެއް ގާއިމުކުރެވި އަދި ޕާޓީ ތަކުގެ މެދުގައި ބެއްވޭ ރިޔާސީ އިންތިޚާބަކަށް ތައްޔާރުވެފަ. 
ދެ ޖިންސުގެ ހަމަހަމަ ކަމަށް ބަލާލާއިރު ސިޔާސީ އިޖުތިމާޢީ އަދި އިގްތިސާދީ މައިދާން ތަކުގައި އަންހެނުންނާއި ފިރިހެނުން ތިބީ އެއް ހަމައެއްގަ. ދެ ޖިންސަށް ލިބިފައިވާ ފުރުސަތުތައްވެސް ހަމަހަމަ.
ޢުމްރާނީ ކުރިއެރުމަށް ބަލާލާއިރު އެންމެ އެކަށީގެންވާ ހިޔާވަހިކަން ލިބިފައިވޭ. އަލަށް ރާވާ ޕްލޭން ކުރެވުނު ސެޓްލައިޓް ރަށްތައް ވަނީ ފާލަންތަކުން ގުޅާލެވިފަ. މިއިންކޮންމެ ރަށަކީ އަލަށް އާބާދުވި ރަށެއް. 
މިނިވަންކަމާއި ސިޔާދަތަށް ބަލާލާއިރު ރާއްޖޭގެ ރައްޔަތުން ތިބީ މިނިވަންކަމާއި ސިޔާދު ރައްކާ ކުރަން އަބަދުމެ ތިބި ބައެއްގެ ގޮތުގަ. ރާއްޖޭގެ ސަރަޙައްދު ބަލަހައްޓާ، ޙިމާޔަތްކުރަން ބޭނުން ކުރާނޭ ކަމަށް އެކަށޭނަ ބޮޑެތި އުޅަނދުފަހަރު ކޯސްޓް ގާރޑްގައި އެބަހުރި. ވައިގެ މަގުން ރާއްޖޭގެ ސަރަޙައްދު ބަލަހައްޓާނޭ ގާބިލިއްޔަތު ލިބިފައިވޭ.

ސިއްޙީ ހޭލުންތެރިކަން މުޅި މުޖުތަމަޢުއަށް ފެތުރިފައިވޭ. ޒިންމާދާރު ގޮތުގައި ބޭސް ފަރުވާ ދޭނޭ މީހުން ތައްޔާރު ކުރެވިފައިވާއިރު އެ މީސްމީހުން ތިބޭ ތަންތަނަށް ނުގޮސް ގޭގައި ތިބެގެންވެސް ބޭސް ކުރުމުގެ ފުރުސަތުއެބައޮތް .

No comments:

Post a Comment