Sunday, December 4, 2011

Programme 12

"ކޮލަމްބަސް އެމެރިކާ ހޯދައިފި." އެންމެ ހަތަރު ލަފްޒުގެ މި ޖުމްލަ މިއަދު މީހަކު އެންމެ ހަތަރު ސިކުންތުގެ ތެރޭގައި ކިޔައިލާނެއެވެ. އެހެންނަމަވެސް މި ޖުމުލައިގައި ބަޔާން ކޮށްފައިވާ ކަންތައް ކުރުމަށް ޓަކައި ކޮލަމްބަސް އަށް ވިހި އަހަރުގެ ދުގު މުއްދަތެއް ހޭދަ ކުރައްވާން ޖެހިވަޑައި ގަތެވެ.
ކްރިސްޓޮފަރ ކޮލަމްބަސް ދުނިޔެއަށް ވަޑައިގަތީ ސާދަ ސަތޭކަ ފަންސާސް އެއްވަނަ އަހަރު އިޓަލީ ވިލާތުގައެވެ. ދުނިޔެ ދޫކުރެއްވީ އެއްހާސް ފައްސަތެކަ ހަވަނަ އަހަރު ސްޕެއިންގައެވެ. ޙަގީގަތުގައި އެމެރިކާ ހޯދުނީ ޔޫރަޕުން އިރުމަތީގެ ކަނޑުގެ ރާސްތާ ހޯދަން ކުރި މަސައްކަތުގެ ތެރެއިންނެވެ. އެ މަސައްކަތަކީ އެމެރިކާ ހޯދާން ކުރި މަސައްކަތެއް ނޫނެވެ. ކޮލަމްބަސް އެންމެ ފުރަތަމަ އޭނާގެ ކަނޑު ދަތުރުފުޅަށް އެހީ ހޯއްދަވަން ވަޑައިގަތީ ޕޯޗްގީޒު ރަސްގެފާނު ޖޯން ދެވަނައިގެ އަރިހަށެވެ. އެހެން ނަމަވެސް އެއީ އެއްވެސް ފައިދާއެއް ކުރަނޭ ދަތުރުފުޅެއް ކަމަށް އެ ރަސްގެފާނަށް ފެނިވަދައި ނުގަންނަވާތީ އެ ކަމަކަށް އެއްވެސް ކަހަލަ އެހީފުޅެއް ނުދެއްވިއެވެ.
އޭގެ ފަހުން ކޮލަމްބަސް ވަޑައިގަތީ ކެސްޓީލްގެ ރާނީ އިސަބެއްލާގެ އަރިހަށެވެ. އެކަމަނާގެ ފަރާތްޕުޅުން މާ އެދެވޭ ޖަވާބެއް ލިބިވަޑައެއް ނުގަތެވެ. އެހެންނަމަވެސް ކޮލަމްބަސް މަސައްކަތްޕުޅު ހުއްޓަވައެއް ނުލައްވައެވެ. އޭގެ އަސް އަހަރު ފަހުން އިސަބެއްލާ އޭނާއަށް ކަނޑު ދަތުރު ކުރާ އުޅަނދު ފަހަރާއި ބޭނުންފުޅުވާނޭ އެހެނިހެން ސާމާނު ދެއްވައިފިއެވެ.
ތިން އުލަނދެއްގައި ކޮލަމްބަސް އޭނާގެ ފުރަތަމަ ދަތުރުފުޅު ފެއްޓެވީ އެއްހާސް ހަތަރުސަތޭކަ ނުވަދިހަ ދެވަނަ އަހަރުގެ އޯގަސްޓް މަހުގެ ތިންވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެ ދަތުރުފުޅުގައި އޭނާއަކަށް އެމެރިކާ އާއި ހަމައަކަށް ވަދައެއް ނުގެންނެވުނެވެ. އެތައް އުނދަގޫފުޅަކާއި ހުރަސްތަކެއް ކުރިމަތިވެ ވަދައިގަތުމާ އެކުގައިވެސް ކޮލަމްބަސް އޭނާގެ މަސައްކަތްޕުލު ހުއްޓަވައި ނުލައްވައި ކުރިއަށް ގެންދެވިއެވެ.
އެންމެފަހުން ހަތަރު ދަތުރުފުޅަށްފަހު އެއްހާސް ފައްސަތޭކަ ހަތަރުވަނަ އަހަރު އޭނާއަށް "އައު ދުނިޔެ" ހޯދެވިއްޖެއެވެ. ކޮލަމްބަސްގެ ކުރީގައި ދުނިޔެ ބެހިފައި އޮތީ ދެ ބަޔަކަށެވެ. ކޮލަމްބަސްގެ ހޯއްދެވުމަށްފަހު އިހުގެ ދުނިޔެ އައު ދުނިޔެއާއި އެކުވެ އެއް ދުނިޔެއަކަށް ވެގެން ހިނގައްޖެއެވެ. އެއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ވަރަށް ބޭނުންތެރި ހޯއްދެވުމެކެވެ. އެހެން ނަމަވެސް މި ހޯއްދެވުން ހޯއްދެވުނީ ކޮލަމްބަސް ހިތްވަރުފުޅު ބަލި ނުކުރައްވައި ވިހި އަހަރު ދުވަސް ވާންދެން ކުރެއްވި ބުރަ، އުނދަގޫ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުންނެވެ.
މި ދުނިޔޭގައި ކާމިޔާބީ އަށް އޮތް ހަމައެކަނި މަގަކީ އެއި އެވެ. ދުނިޔޭގެ ކޮންމެ ކާމިޔާބީއަކީ "ވިހި އަހަރު ދުވަހުގެ މަސައްކަތް" ކޮށްގެން ލިބެ އެއްޗެކެވެ. އެފަދަ މަސައްކަތަކާއި ނުލައި މި ދުނިޔޭގައި ބޮޑު ކަމިޔާބިއެއް ހޯދައެއް ނުގަނެވޭނެއެވެ.
ދުނިޔޭގައި ކޮންމެ ކާމިޔާބިއެއްވެސް ހޯދެނީ ދިގު، ބުރަ މަސައްކަތް ތަކަކަސް ފަހުގައެވެ. އިންސާނާއަސް ޖެހެނީ ފުރަތަމަ ލިބެ މަދު އެތިކޮޅަށް ރުހޭށެވެ. ގިނައިން ލިބެނި އޭގެ ފަހުންނެވެ.
ހަނދަށް ދިޔަ ފުރަތަމަ އިންސާނާއަކީ ނީލް އާރމް ސްޓްރޯންގް އެވެ. "އީގަލް" އޭ ނަމަކަށް ކިޔުނު ހަނދުގެ އުނޅަދަކުން ފައިބައި، ހަނދުގައި އޭނާގެ ފައިތިލަ ޖައްސައިލީ އެއްހާސް ނުވަ ސަތޭކަ ފަސްދޮޅަސް ނުވަނަ އަހަރުގެ ޖުލައި މަހުގެ އެކާވީސް ވަނަ ދުވަހުއެވެ. އެވަގުތު އޮތީ ހަނދާއި ދުނިޔެއާއިދެމެދު މުވަސަލާތީ ގުޅުން ގާއިމު ކުރެވިފައެވެ. ހަނދަށް ފޭބުމަށްފަހު ދުނިޔޭގެ މީހުންނާއި މުޚާތަބުކޮށް ފުރަތަމަ ބޭނުން ކުރި ޖުމުލަ އަކި މިއީއެވެ. "މިއީ އިންސާނަކަސް ބަލާއިރު އެޅުނު ކުޑަ ފިޔަވަޅެކެވެ. އެހެން ނަމަވެސް މުޅި އިންސަނީ ދަރިފަސްކޮޅަށް ބަލާއިރު ވަރަށް ދިގު ފިޔަވަޅެކެވެ."
އާމްސްޓްރޯންގްގެ މި ޖުމުލައިގެ މާނައަކީ މިއަދު އޭނާ ހަނދަށް ފޭބުން ވެގެން ދަނީ ބޭރު ފުށަށް ބަލާއިރު އިންސާނަކު ހަނދަށް ދިއުން ކަމުގައެވެ. އެހެން ނަމަވެސް އެއީ މުޅީން އައު ކާއިނާތީ ދައުރެއް ފެށުމެވެ. އިންސާނަކު ސަލާމަތުން ދަތުރުކޮށްފައި ގޮސް ހަނދަށް ފޭބުމުގެ ސަބަބުން ހަނދަށް ދިއުމަކީ ކުރެވިދަނޭ ކަމެއް ކަމެއްކަން އެނގިގެން ހިނގައްޖެއެވެ. މި ހޯދުމަކީ ކުރިއަށް ދާން އޮތް މަގަށް އެޅުނު ވަރަށް ގަދަ އައްޔެކެވެ. މި ހޯދުން ތަރައްގީ ވެގެން ގޮސް އިންސާނުން ބިމުގެ އެއް ތަނުން އަނެއް ތަނަށް ދަތުރުކޮށް އުޅޭ ފަދައިން އެއް ތަރިން އަނެއް ތަރިއަށް ދަތުރުކޮށް އުޅޭނޭ ދުވަހެއް ފަހުން އަންނާނެއެވެ.
މި ދުނިޔޭގައި ކޮންމެ ބޮޑު ކަމެއްވެސް ހިނގަނީ މި ދެންނެވުނު ފަދަ ގޮތަކަށެވެ. އެންމެ ފުރަތަމަ ފެންނަނީ އެންމެ މިހަކު ނުވަތަ ދެތިން ހަތަރު މީހަކު ގުރުބާން ވެގެން ކޮންމެވެސް ހޯދުމެއް ހޯދަ ތަނެވެ. އިންސަނުންގެ "ދަތުރަށް" އެ މީހަކު ނުވަތަ އެ މީހުން މަގު ކޮށައިދޭ ގޮތަކީ މިއީ އެވެ. ފުރަތަމަ ކުރާންޖެހޭ މަސައްކަތަކީ ވަރަށް އުނދަގޫ އަދި ބުރަ މަސައްކަތެކެވެ. އެއީ ފަރުބަދައެއް އެ ހުރި ތަނުން ސޮއްސައިލުން ވަރުގެ ބުރަ ކަމެކެވެ. އެކަމަކު ފުރަތަމ މަސައްކަތް ނިމުމާއެކު ދެން ކުރަންހުރި މަސައްކަތްތައް ފަސޭހަ ވެގެން ހިނގައި ދެއެވެ. ފުރަތަމަ މަގު ކޮށުމާއެކު ފެނިގެން ދަނީ އިންސަނި ގާފިލާ ތަކަށް އެއްވެސް އުނދަގުލަކާ ނުލައި ދަތުރު ކޮށްފައި ދެވޭ ވަރުގެ ބޮޑު ސަރާސަރު ރާސްތާއެކެވެ.
ދަނޑުވެރިޔާ ބިންމަތިގައި އޮށެއް ވަޅުލާއިރު އެ ކަންތައް ވެގެންދަނީ ދަނޑުވެރި ކަމުގެ މައިދާނުގައި އޭނާ އަޅާ ކުޑަކުޑަ ފިޔަވަޅަކަށެވެ. އެހެން ނަމަވެސް އޭނާގެ ދަނޑުވެރި ކަމުގެ ދަތުރު ފެށެނީ އެ ފިޔަވަޅުންނެވެ. މި ދަތުރު ކުރިއަށް ގޮސް އެންމެ ފަހުން އޭނާގެ ދަނޑުގައި ގޮވާމާއި މެވާ އަޅައި އޭގެ ފައިދާ ލިބޭން ފަށައެވެ. މިއީ އިންސާނީ މުޢަމަލާތް ތަކުގައި އޮންނަ ހަމައެވެ. އެއީ ދަނޑުވެރިކަން ނުވަތަ ބަގީޗާ ހެއްދުން ނުވަތަ އެހެން ކަމަކަށް ވިޔަސް މިނޫން ހަމައެއް ނޯންނާނެއެވެ.

އެއްކަޅިން ތާރީޚު

މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެއާއިމެދު. ތިނެއް ނޮވެމްބަރ ނަވާރަ ސަތޭކަ އަށްޑިހަ އަށެއްގެ ޙާދިސާއަށް ބަލާލާއިރު، މި ދުވަހަކީ ރާއްޖެ މިހަތަނަށް ދުށް އެންމެ ބޮޑު ޢުދުވާނާއި ރައްޖެ ކުރިމަތިލި ދުވަސް. ރާއްޖެއާއި އަވަށްޓެރި ގައުމެއްގެ މައި ސަރުކާރާއި ވަކިވާން މަސައްކަތްކުރާ ގެރިއްލަ ޖަމާޢަތެއްގެ ބަޔަކު ގޮވައިގެން ދިވެހި ޚާއިނުންގެ ބަޔަކު ރައްޖެ އައިސް ރާއްޖޭގެ ވެރިކަމާއި ތޮޅެން ކުރި މަސައްކަތުގައި ދިވެހީންގެ އެތައް ބަޔަކު ޝަހީދު ކޮށްލި. މާތްރަސްކަލާނގެ ވާގިފުޅައެކު ނަސްރު ލިބުނީ ދިވެހީންނަށް.
ނަވާރަ ސަތޭކަ ހަތްދިހަ އަށްވަނަ އަހަރު އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމް ރާއްޖޭގެ ރައީސްކަމާއި ޙަވާލުވެ ވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޚިޔާލުފުޅަކީ ރާއްޖޭގައި އިސްލާމީ މަރުކަޒެއް ބިނާ ކުރުމުގެ ޚިޔާލުފުޅު. މި ޚިޔާލުފުޅުގެ ޙަގީގީ ސިފަ ގެންނަވަން  ޢަމަލީ ގޮތުން ކުރެއްވެވި މަސައްކަތްޕުޅާއި ދަތުރުފުޅު ތަކުގެ ނަތީޖައަކަށް ވެގެންވީ ސަޢުދީ އެރެބިޔާ އާއި ނަގާރާ، ބުރޫނާއީ ދާރުއްސަލާމުންނާއި މެލޭޝިޔާއާއި ޕާކިސްތާނާއި އަލްޢިމާރާތުލް ޢަރަބިއްޔަތުލް މުއްތަޙިދާއާއި މިސުރާއި ކުވެއިތުފަދަ އެކުވެރި އިސްލާމީ ގައުމު ތަކުގެ އެހީގައި އެފަދަ މަރުކަޒެއް ބިނާ ކުރެއްވުން.

ނަވާރަ ސަތޭކަ އަށްޑިހަ ދެވަނަ އަހަރުގެ ނޮވެމްބަރ މަހުގެ އެގާރައިގައި ރައީސުލް ޖުމްހޫރިއްޔާ ބިންގާ އަޅުއްވައި ދެއްވި މި ބިނާ ނިމުނީ ދެއަހަރު ފަހުން. ދައުލަތުގެ ބަޖެޓުންވެސް ބޮޑު ބައެއް ހޭދަވެގެން. މި މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް އެކުވެރި ދައުލަތްތަކުގެ ވެރީންގެ ފެންވަރުގެ ބޭފުޅުން ވަޑައިގަތް. މަރުކަޒުގައި ފުރަތަމަ އިމާމުވެ ނަމާދު ކުރެއްވީ މިސުރުގެ ޖާމިޢަލް އަޒުހަރުގެ އިމާމުލް އަކްބަރު އައްޝައިޚުލް ޖާދުލް ޙައްގު ޢަލީ ޖާދުލް ޙައްގު. 

No comments:

Post a Comment