Monday, December 5, 2011

Programme 14

އަޅުގަނޑުމެން ދިރިއުޅެމުން މިދާ ދުނިޔޭގައި ދޭދޭ މީހުންގެ މެދުގައި ޚިލާފްވުންތައް އުފެދުމާއި މިކަންކަމާއި ގުޅުވައިގެން އެކަކު އަނެކަކާއި ބެހޭގޮތުން ޝަކުވަތައް ކުރަމުން ދިއުމަކީ އަބަދުވެސް ހިނގަމުންދާ ކަންތައް. މިދެންނެވިފަދަ ކަންތައްތައް ޢާއިލާގެ ތެރޭގައިވެސް އަދި ޢައިލާއިން ބޭރުގައިވެސް ހިނގަމުންދޭ. މިކަހަލަ ކަންތައްތައް ދިމާވުމުން ޢާންމު ގޮތެއްގައި ޢަމަލު ކުރެވެމުންދާ ގޮތަކީ ކޮންމެ މީހަކުވެސް އެމީހަކު ހުރިގޮތް އެއީ ރަނގަޅު ގޮތް ކަމަށް ހެދުމަށް ޓަކައި ވާހަކަ ދެއްކުން. އެއް ގޮތުން ނުވިއްޔާ އަނެއް ގޮތަކުންވެސް އެމީހަކު އެ ކުރިކަމެއް އެއީ ރަނގަޅު ކަމެއް ކަމުގައި ހެދުމަށް މަސައްކަތް ކުރުން. ނަމަވެސް ތަޖުރިބަތައް ހަމަކޮށްދީފައިވާ ގޮތުގައި އޭގެ ނަތީޖާއަކަށްވަނީ އުފެދުނު ޚިލާފްވުންތައް ފިނިވުމެއްނޫން. އަދި ޝަކުވަތައް ނިމުމެއްނޫން. ފަހަރެއްގައި ފެންނަ ފެނުމުގައި މީހުން ހިމޭނުން ތިބޭގޮތް ވެގެން ހިނގައިދާނެ. ނަމަވެސް ޙަގީގަތަކި އެ ދެބަސްވުންތަކާއި އެ ޝަކުވާތައް އެމީހުންގެ ހިތްތަކުގައި ހަމަ އެ ހުރި ގޮތަށް ހުރުން. އޭގެ ސަބަބުން ވާގޮތަކީ އަޅުގަނޑުމެން ދިރިއުޅޭ މުޖުތަމަޢުއަކީ ޝަކުވަތަކުން ފުރިގެންވަ މުޖްތަމަޢުއަށް ވެގެން ދިއުން. ދެބަސްވުންތަކުގެ ނުރުހުން ތަކުގެ ތެރޭގައި އޮންނަ މުޖްތަމަޢުއަކަށް ވެގެން ދިއުން. އެފަދަ މުޖުތަމަޢު އެއްގައި އުޅޭ ކޮންމެ މީހަކީވެސް ނަފްސާނީ ގޮތުން ބިރުވެރި ކަމެއްގައި އުޅެން ޖެހޭނޭ މީހަކަށްވާނެ. އެފަދަ މުޖުތަމަޢު އެއްގައި ނަފްސާނީ ގޮތުން ސާބިތުކަމާއެކު ދިރިއުޅޭ މީހަކު ފެނުމަކީ އެކަށީގެންވާ ކަމަކަށް ނުވާނެ. މިދެންނެވިފަދަ މުޖުތަމަޢު އަކަށް އަޅުގަނޑުމެންގެ މުޖުތަމަޢު ވެގެން ދިޔަ ނުދިނުމަށް ޓަކައި ކުރެވެން އޮތް ހަމައެކަނި ކަމަކީ އަޅުގަނޑުމެން މިހަރު އުޅެމުން މިދާ ގޮތް ބަދަލު ކޮށްލުން. ދެބަސްވުން ތަކާއި ޝަކުވާތަކާއި ގުޅޭ ގޮތުން އަޅުގަނޑުމެން ޢަމަލުކުރާ ގޮތް ބަދަލުކޮށްލުން. މީހަކާއިމެދު ޝަކުވާއެއް ކުރެވޭ ހިނދު އެމީހަކު އެ ހުރިގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ހަދަން މަސައްކަތް ކުރުމުގެ ބަދަލުގައި އެމީހަކަށް ކުރެވުނީ ކުސެއް ކަމަސް ގަބޫލު ކުރުމާއި އެކަމަށް މާޢަފް އެދުމުގެ ނިޔަނެތި ގޮތް، ހަމަ ކޮށްދިނުން. މިއީ އަޚުލާގުގެ އެންމެ މަތީ ދަރަޖަ. ހިތްތިރި ކަމުގެ އެންމެ މާތް ނަމޫނާ.
ތިމާއަށް ކުށެއް ކުރެވުނީމާ އެކަން ގަބޫލު ނުކުރުމަކީ އަބަދުވެސް ބޮޑާ ކަމުގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއް. އޭގެ އަނެއް ކޮޅަށް ބަޙުޘު ކުރުމަކާއި ނުލައި ކުށް ގަބޫލު ކުރުމަކީ އިންސާނާގެ ނަފްސުގައި ވަރަށް މަތިވެރި ސިފައެއް ގާއިމު ކޮށްދޭ ކަމެއް. އެ ސިފައަކީ ތަވާޟުޢު ވެރިކަން. މަޑުމޮޅިކަމާއި ހިތްތިރިކަން.
ޙަގީގަތުގައި ޚިލަފު އުފެދުމުގެ މައްސަލަ ތަކުގައި އޮންނަނީ ދެ ގޮތެއް. އެއްގޮތަކީ ދެމީހެއްގެ ދެމެދުގައި އޮންނަ މައްސަލަ އެއްގައި ޚިލާފު އުފެދުން. އަނެއް ގޮތަކީ ޢިލްމީ ނުވަތަ ދީނީ މައްސަލަ އެއްގައި ޚިލާފް އުފެދުން. މި ދެގޮތަށް ބަލާއިރު ދެ މީހެއްގެ ދެމެދުގައި އުފެދޭ ޚިލާފްވުންތައް ނިމުމަކަށް ގެނެވޭނެ އެންމެ ރަނގަޅު ގޮތަކީ އެ މައްސަލައެއްގައި ޚިލާފް އުފެދުމަށް މެދުވެރިވީ ކާކުގެ ކުށަކުންތޯ ބެލުމަށް ނޫޅުން. ނުވަތަ އެކަމުގައި ވަކި މީހަކު ކުށްވެރި ކުރަން ނޫޅުން. އޭގެ ބަދަލުގައި ތަވާޟުޢު ވެރިވުމުގެ މަގު ޚިޔާރު ކޮށްގެން ވީހާވެސް އަވަހަކަށް ތިމާގެ ކުށް ތިމާ ގަބޫލު ކުރުން. މިގޮތަށް ޢަމަލު ކުރެވިއްޖެ ނަމަ އެފަދަ ޚިލާފްވުންތައް ދަދި އަވަހަށް އަދި ދާދި ފަސޭހައިން ހައްލު ވެގެން ހިނގައިދާނެ.
ދެން އޮތީ ދީނީ ނުވަތަ ޢިލްމީ މައްސަލައެއްގައި ޚިލާފްވުން. އެހެން ގޮތަކަށް ދަންނަވާނަމަ، އުސޫލީ ކަންތައްތަކާއި ގުޅޭ ގޮތުން ދިމާވާ މައްސަލައެއްގައި އުފެދޭ ޚިލާފްވުން. މިފަދަ ކިލާފްވުމެއްގައި ޢަމަލު ކުރާންޖެހޭނީ ދަލީލު ތަކުގެ ނަޒަރިއްޔާއީން އެ މައްސަލައެއް ވީހަވެސް ބޮޑަކަށް ތަޙުގީގު ކޮށް  އެކަމެއް އޮތްގޮތް ދެނެގަތުމަށް. އަދި އެހެން މީހުންނަށް ހާމަކޮށްދިނުމަށް. އެކަމަކު މިކަމުގައި ސަމާލުކަން ދޭންޖެހޭ ވަރަށް މުހިންމު ނުކުތާއެއް އޮންނާނެ. އެއީ އެ މައްސަލައެއް އެއާއި ބެހޭ ދަލީލު ތަކާއި ހަމައަށް ޙުދޫދު ކުރުން. ދެކޮޅުވެރިކަމާއި، ގޮތްދޫނުކުރުމުގެ ގޮތްތަކާއި ހަމައަށް، ނުގެންދިއުން. އެފަދަ މައްސަލަތައް ޙައްލުވެގެން ދާނީ ދަލީލު ތަކުގެ ޒަރީއްޔާއިން. ސާބިތުވާގޮތް ދެފަރާތުންވެސް ގަބޫލު ކޮށްގެން. އެމީހަކު ދެކޭ ގޮތުގައި އެމީހަކު ހިފަހައްޓައިގެން ދުނުކޮށް ތިބޭގޮތް ދޫކޮށްލައިގެން. މިގޮތަށް އަމަލު ކުރެވިއްޖެނަމަ ހަމައެކަނި އެ ޚިލާފްވުން ޙައްލުވެގެން ދާނީއެއްނޫން. އަދި ކީއްތޯ؟ އޭގެ އިތުރަށް އެ ޚިލާފްވުމެއްގައި ހިމެނުނު ދެމީހުންނަށްމެ ބުއްދީގެ ގޮތުންނާއި ރޫޙާނީ ގޮތުން އިތުރު ތަރައްގީއެއްވެސް ލިބިގެންދަނީ. އޭގެ ސަބަބުން އިތުރުން އެތައް ބައެއްގެ މެދުގައި ސުލްޙަ މަސަލަސްކަން ފެތުރިގެންދާނީ. ޝަކުވާތަކަށް ނިމުން އަންނާނީ.

އެއްކަޅިން ތާރީޚު

މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެއާއިމެދު. ދިވެހި ރާއްޖޭގެ ވެރިކަން ކުރާ ރަށް ފުރަ މާލެއަކީ ތަނުގައި ދިރިއުޅޭ އަދި ތަނުގައި ދިރިއުޅުމަށް ބޭނުންވަ މީހުންގެ ނިސްބަތުން ކުޑަ ތަނެއް. ކަންމިހެން އޮތުމާއެކު ނަވާރަ ސަތޭކަ ހަތްދިހަ ވަނަ އަހަރުން ފެށިގެން އެކި ސިފަ ސިފައިގައި މާލޭގެ ފަޅުން ބިން ހިއްކަން ފެށުނު. މިގޮތުން މާލޭގެ ބޭރު ފާރާއި ހަމައިން ވަރަށް ބޮޑު ބައެއް ހިއްކުނު. ބިން ހިއްކަން ފޯރީއާއި އެކު މަސައްކަތް ކުރެވުނު އެއް އަހަރަކީ ނަވާރަ ސަތޭކަ ހަތްދިހަ ނުވަނަ އަހަރު. އެއަހަރު ސިފައިން ކުރި މަސައްކަތުގައި ހަމީހަކު މަރުވި.
ރާއްޖެއަކީ މިނިވަން މުސްތަގިއްލު ތަނަކަށް ވިޔަސް ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދަ ބަދަލުތައް ރާއްޖެއަށްވެސް އަންނަމުންދޭ. މިގޮތުން ނަވާރަ ސަތޭކަ އަށްޑިހަ ހަތްވަނަ އަހަރު އެޕްރީލް މަހުގެ އެއްވަނަ ދުވަހުގެ ރޭ. މާލެއަށް އާދަޔާ ޚިލާފު ގޮތަކަށް ރާޅު އަރާ ކަމުގެ ރިޕޯޓެއް ލިބުނު. ޖެހިގެން އައި ދުވަހުގެ ހެނދުނު އެގާރަ ޖަހާ އެހާކަންހާ އިރު މާލޭގެ ހުޅަނގު ފަރާތާއި ދެކުނު ފަރާތަށް ރާޅު އަރައި ވަރަށް ބޮދެތި ގެއްލުންތައް ލިބުނު. ރައްޔަތުންނާއި މުދާ ސަލާމާތް ކުރުމަށް ސިފައިން މަސައްކަތް ކުރި. ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް ރާޅުއެރި.
ރާއްޖޭގެ ޓެލެކޮމިޔުނިކޭޝަންގެ ދައިރާ ވަރަށް ފުޅާ ވެގެން ދިޔައީ މި ވޭތުވެ ދިޔަ އަށާވީހަކަށް އަހަރު ދުވަހުގެ ތެރޭގައި. ވަކީން ޚާއްސަކޮށް ނަވާރަ ސަތޭކަ ހަތްދިހަ ހަވަނަ އަހަރުގައި ކޭބަލް އެންޑް ވަޔަރލަސްގެ ޚިދުމަތް ލިބި. ނަވާރަ ސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގައި ދިރާގު އުފެދި ސެޓްލައިޓްގެ ޚިދުމަތް ލިބެން ފެށުމުން.
ނަވާރަ ސަތޭކަ ހިތްދިހަ އަށްވަނަ އަހަރުގެ ނޮވެމްބަރ މަހުގެ އެގާރަވަނަ ދުވަހަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް ރާއްޖޭގެ ވެރިކަމާއި ޙަވާލުވެ ވަޑައިގެންނެވި ދުވަސް. ރައްޔަތުންގެ ނުވަދިހަ ދެ ޕަސަންޓްގެ ތާއީދާއެކު ރައީސްކަމާއި ޙަވާލުވެ ވަޑައިގެންނެވި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު އަބްދުލް ގައްޔޫމުގެ ދައުރަކީ ރާއްޖޭގެ ތަރައްގީގެ ރަން ޒަމާން ކަމަށް ވެގެން ދިޔަ.

No comments:

Post a Comment